ރަހީނުކޮށް މަރާލައިފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރުގެ މައްސަލަ ބަލައި ވަރަށް އަވަހަށް ނިމޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރިޟްވާންގެ މައްސައިގައި، މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ދެ ޑްރާފްޓެއް ހިއްސާ ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެކަމާއި ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި، އެ މަސައްކަތް ކުރަން ޖެހެނީ މުއައްސަސާތައް ގުޅިގެން ކަމަށް ވެސް ވިދާޅުވެފައެވެ.
ރިޟްވާންގެ މައްސަލައިގައި ފިޔަވަޅު އަޅަން ފަހަތަށް ނުޖެހޭނެ ކަމަށާއި، އެ މައްސަލަ ކުރިއަށް ގެންދަން ޤާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

