ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޓާނީ ޖެެނަރަލް އޮފީހުގެ ޕާމަނަންޓް ސެކެޓްރީއަކަށް ޝިޔާއު އައްޔަނުކޮށްފި

އެޓާނީ ޖެެނަރަލް އޮފީހުގެ ޕާމަނަންޓް ސެކެޓްރީއަކަށް ޝިޔާއު އައްޔަނުކޮށްފި. ފޮޓޯ:ސިވިލްސާރވިސް ކޮމިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެޓަރނީ ޖެނެރަލް އޮފީހުގެ ޕަރމަނަންޓް ސެކްރެޓަރީކަމުގެ މަޤާމަށް އަޙުމަދު ޝިޔާޢު މިއަދު ސިވިލް ސަރވިސް ކޮމިޝަނުން އައްޔަންކޮށްފިއެވެ.

އަލްފާޟިލް އަޙުމަދު ޝިޔާޢު ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އައްޔަންކުރެއްވެވީ، މިކަމަށް މިއަދު އެޓަރނީ ޖެނެރަލް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވެވީ އެޓަރނީ ޖެނެރަލް އޮފީހުގެ ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހިމް ރިފްޢަތު އެވެ.

އަލްފާޟިލް އަޙުމަދު ޝިޔާއު ވަނީ އޯޕަން ޔުނިވަރސިޓީ އޮފް މެލޭޝިޔާ އިން މާސްޓަރ އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވަވައި އަދި އޭގެ އިތުރުން ވިލާ ކޮލެޖުން ޑިޕްލޮމާ އިން ބިޒިނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައެވެ.

އެބޭފުޅާއަކީ ސަރުކާރާއި އަމިއްލަ މުއައްސަސާތައް ހިމެނޭ ގޮތަށް ތަފާތު ގިނަ ދާއިރާތަކެއްގައި މަސައްކަތް ކުރެއްވުމުގެ ތެރެއިން އިދާރީ އަދި އިންސާނީ ވަސީލަތްތަކާ ބެހޭ ބައިތަކުން ތަޖްރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

އެގޮތުން ބަލާލާއިރު މިނިސްޓްރީ އޮފް ޑިފެންސްގެ ޑިރެކްޓަރ ކަމާއި، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޑިރެކްޓަރ ކަމާއި، އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރ އެޑްމިނިސްޓްރޭޝަން ކަމާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އެޑްމިނިސްޓްރޭޓަރ ކަމާއި، އަދި ސްޓާ ޕަބްލިކޭޝަންސް ޕްރައިވެޓް ލިމިޓެޑްގެ އެޑްމިނިސްޓްރޭޓަރ ކަންވެސް ވަނީ ކުރައްވާފައެވެ.

މިގޮތުން އެމަނިކުފާނު ވަނީ 13 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތު ތަޖްރިބާ ހާޞިލް ކުރައްވަވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: