ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު އުޅުއްވަނީ މީހުންގެ ސަމާލުކަން ހޯއްދަވަން: މޮސްޓާ

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފުލުހުން ފާރަ ލާކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތަކަކީ މީހުންގެ ސަމާލުކަން ހޯދުމަށް އެމަނިކުފާނު ދައްކަވާ ވާހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މެމްބަރު މޮސްޓާ ވިދާޅުވީ ރައީސް ނަޝީދު އުޅުއްވަނީ އެމަނިކުފާނު ވަރުގެ ބޭފުޅެއް ނެތްކަމަށް ރައްޔިތުންނަށް ދައްކަވަން ކަމަށެވެ.

ރައީސް ނަޝީދު ބޭނުންފުޅުވަނީ އެފަދަ ވާހަކަފުޅުތަކެއް ދައްކަވައިގެން ނޫސްތަކުގެ ފަލަ ސުރުޚީއިން ޖާގަ ހޯއްދަވަން ކަމަށް މޮސްޓާ ވިދާޅުވެފައިވެއެވެ.

 

https://twitter.com/MNA_MosTaaA/status/1170996828768067584

މޮސްޓާ އަކީ މިނިވަން މެމްބަރެކެވެ. ނަމަވެސް އޭނާ އަކީ އަބަދުވެސް ރައީސް ނަޝީދަށް ފާޑުކިޔުއްވަމުން އަންނަ ބޭފުޅެކެވެ.

މިފަހަކަށް އައިސް މަޖިލީހުގައި އެންމެ ފޯރިގަދަކޮށް ވަކާލާތުކުރައްވާ މެމްބަރުންގެ ތެރޭގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއާއި، ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމްގެ އިތުރުން މޮސްޓާވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: