ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ ގޮތުންވެސް ޖަމިއްޔާތަކަށް ބާރުވެރިކަން އޮންނަންޖެހޭނެ: މިނިސްޓަރ

ވަޒީރުންގެ މަޖިލީހުގައި ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) - ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހިންގާ މަދަނީ ޖަމިއްޔާތަކަކީ ހިލޭ ސާބަހަށް މަސައްކަތް ކުރާ މީހުންކަމަށް އަބަދުވެސް ދެކެވިފައި އޮންނަ ކަމަށާއި، ނަމަވެސް އެއީ ހަގީގަތުގައި އެކަން އޮންނަން ޖެހޭ ގޮތެއް ނޫންކަމަށް ޔޫތް މިނިސްޓަރ އިބްރާހިމް ވަޙީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ އެންޖީއޯތަކާ ގުޅޭ ޤައުމީ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ޖަމިއްޔާތަކަކީ ރާއްޖޭގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ މީހުންކަމަށް އަބަދުވެސް ދެކެވިފައި އޮންނަ ކަމަށާއި، ނަމަވެސް އެއީ ހަގީގަތުގައި އެކަން އޮންނަން ޖެހޭ ގޮތެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، މާލީ ގޮތުންވެސް ޖަމިއްޔާތަކަށް ބާރުވެރިކަން އޮންނަންޖެހޭނެ ކަމަށާއި، އެކިއެކި ޕްރޮގްރާމްތައްވެސް ހިންގުން މުހިއްމު ކަމަށެވެ.

އެމީހުން މުޅި އުމުރު ހޭދަކުރަން މި ޖެހެނީ ހިލޭ ސާބަހަށް މަސައްކަތް ކުރުމުގައި، އެމީހުންގެ ވަގުތަކީވެސް އެއްވެސް އެއްޗެއް ނޫން އަނެއްހެން. އެހެންނަމަވެސް އެއީއެއް ނޫން އޭގެ ހަގީގީ މާނައަކީ، ޖަމިއްޔާތައް ބާރުވެރިކޮށްދޭން ޖެހޭނެ، މާލީ ގޮތުންވެސް އެބޭފުޅުންނަށް ތަނަވަސްކަން ހޯދައިދެވެން ޖެހޭނެ

މީގެ އިތުރުން، ޤައުމުގައި ދިމާވާ ކަންކަމުގައި ވަކި އަތަކަށް ނުޖެހި، ޤައުމުގެ މުސްތަޤުބަލަށްޓަކައި ބަސް ބުނާނެ މަދު އިދާރާތަކުގެ ތެރޭގައި މަދަނީ ޖަމިއްޔާތައް ހިމެނޭނެކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މިހާރުވެސް މަޖިލީހާއި އެކި ކަންކަމުގައި ހޫނު ބަހުސްތަކެއް ކުރިއަށްދާ ކަމަށާއި، އެ ކަންކަމުގެ އަސަރު ކުރާނީ ސީދާ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އަދި އެ ކަންކަމުގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާނެ އެއް ބަޔަކީ މަދަނީ ޖަމިއްޔާތައްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިފަދަ ފޯރަމްއެއްގެ ތެރެއިން ރާއްޖޭގެ ގިނަ ޖަމްއިއްޔާތަކެއް އެއްތަނަކަށް އެއްވެ އެޖަމްއިއްޔާތަކުގެ ހުރި ތަފާތު ތަޖުރިބާތައް ހިއްސާކޮށް، އެއް ޖަމްއިއްޔާ އަނެއް ޖަމްއިއްޔާއާއެކު ގުޅިގެން ދެވޭނެ މާހައުލެއް ގާއިމްވެގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: