ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ބިލުގެ މަސައްކަތް އަންނަ މަހުގެ 15 ގެ ކުރިން ނިންމަން ކޮމިޓީން ފާސްކޮށްފި

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާ ކައުންސިލްގެ މެންބަރުންނާ އެކު ބޭއްވި ބައްދަލުވުން - ފޮޓޯ: މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލުގެ ކޮމިޓީ މަސައްކަތްތައް ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

މި ބިލުގެ ބަހުސް ނިންމާލާފައިވަނީ ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައެވެ. އެއަށްފަހު ބިލު ބަލައިގަތުމާމެދު ވޯޓަށް އަހާފައިވާއިރު، 49 މެމްބަރުން ވަނީ ބިލު ބަލައިގަތުމަށް ވޯޓު ދެއްވާފައެވެ. އަދި 12 މެމްބަރުން ވަނީ ބިލު ބޭރުކޮށްލަން ވޯޓު ދެއްވާފައެވެ. އެހެންކަމުން ބިލު ބަލައިގަނެ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވީއެވެ.

ބުރާސްފަތި ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާއިރު، މި ބިލާ ގުޅޭގޮތުން ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ހުށަހެޅުއްވި ހުށަހެޅުއްވުންތަކާއި ދެން ތިއްބެވި މެމްބަރުންގެ ތާއީދާއި މަޝްވަރާތަކާއެކު ބައެއް ކަންކަން ކޮމިޓީން ވަނީ ނިންމާފައެވެ. އެގޮތުން އެއް ކަމެއްގެ ގޮތުގައި ކޮމިޓީން ނިންމީ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ބިލާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލުމަށެވެ.

މީގެ އިތުރުން، މި ބިލާ ގުޅޭގޮތުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކަމާ ގުޅުންހުރި އެކިއެކި އިދާރާތަކާވެސް ބައްދަލު ކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. އެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލާއި، ބްރޯޑްކާސްޓިން ކޮމިޝަން އާއި ރަޖިސްޓްރީކޮށްފައިވާ ނޫސްތަކާއި ޔޫތު މިނިސްޓަރުގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަނާއި ދެންވެސް ގުޅުންހުރި އިދާރާތަކާ ބައްދަލު ކުރުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މި ބިލުގައި ހިމެނޭ ބައެއް ކަންކަމަށް ބަލާއިރު، މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލްކުރެވޭ ގޮތަށް ހިމަނާފައިިވެއެވެ. އެގޮތުން ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވޭގޮތަށް ބިލުގައި ހިމަނާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: