ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލާހުގެ ވާހަކަތަކުން މި ސަރުކާރުން ލާއިންސާނީ އަމަލުތަކެއް ހިންގަފާނެކަމުގެ ބިރު އެބައޮތްކަންވެސް ހާމަވޭ: އެމްޑީޕީ

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އިސްމާއިލް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ޕާލިމަންޓް ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ނޫސްވެރިންނާ ގުޅޭގޮތުން ދެއްކެވި ވާހަކަތައް އެމްޑީޕީން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މީޑިއާ ކޮމިޝަނުގެ ބިލާ ގުޅޭގޮތުން މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވެފައިވަނީ ބައެއް ނޫސްވެރިން ”އުލުބައިންދަން“ ޖެހޭ ކަމަށެވެ.

މިވަގުތު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށްފަހު، މީޑިއާތައް ރެގިއުލޭޓްކުރުމަށް އައު ކޮމިޝަނެއް އުފެއްދުމުގެ ބިލުގެ މަސައްކަތްތަކެވެ. މި ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަލާހު ވިދާޅުވެފައިވަނީ ހަގީގަތާ އެއްގޮތަށް މަޢުލޫމާތު ގެނެސްދޭ ނޫސްވެރިންނަށް ރައްކާތެރިކަން ލިބިގެންދާނެ ކަމަށެވެ. ހަގީގަތާއި ހިލާފް އަސްލެއް ނެތް ދޮގު ހަބަރާއި މައުލޫމާތު ފަތުރާ ނޫސްވެރިން އުލުބައިދަން ޖެހޭ ކަމަށް ފަލާހު ވިދާޅުވިއެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މި ބިލުގެ ސަބަބުން ހަމައެކަނި ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިދާނެކަމުގެ ބިރު އޮތުމުގެ އިތުރުން، ސަރުކާރުން ލާއިންސާނީ އަމަލުތަކެއް ހިންގަފާނެކަމުގެ ބިރުވެސް އެބައޮތް ކަމަށެވެ. އަދި މި ބިލާ ދެކޮޅަށް އަމާން އިހުތިޖާޖެއް ކުރަމުންދިޔަ ނޫސްވެރިންނަށްވެސް ފިޔަވަޅު އަޅާފައިވާކަން ފާހަގަކޮށްފައިވެއެވެ.

”މި ބިލުގެ ސަބަބުން މި ސަރުކާރުން ޑިމޮކްރަސީއާ މެދު ގެންގުޅޭ ހަމަތައް ވަރަށް ސާފުކޮށް އެނގިގެންދޭ،“އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ދެކޭގޮތުގައި މިއީ ނޫސްވެރިން ޖަލަށްލާ، މީޑިއާތަކަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެކެވެ. އެ ޕާޓީން ވަނީ ނޫސްވެރިކަން ފުނޑުފުނޑުކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވިޔަ ނުދިނުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ.

މި ބިލު މިހާރު ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މަރުހަލާއަށް ގޮސްފައެވެ. ނަމަވެސް އެމްޑީޕީން ޑިމާންޑްކުރަމުންދަނީ މި ބިލު މަޖިލީހުން ބޭރުކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: