ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ބިލަށް ހިޔާލު ހޯދަން ކޮމިޓީން ނޫސްވެރިންނާއި ބައްދަލު ކުރަނީ!

މީޑިއާ ރެގިއުލޭޓަރީ ބިލާ ގުޅޭގޮތުން ނޫސްވެރިން އިހުތިޖާޖުކުރުން- ފޮޓޯ ސަންގުޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާ ރެގިއުލޭޓު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ދިރާސާގެ މަސައްކަތަށް ނޫސްވެރިންގެ ހިޔާލު ހޯދުމަށް އަންނަ ހޯމަ ދުވަހު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ކޮމިޓީން ނިންމައިފި އެވެ.

”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން“ ގެ ނަމުގައި ހުށަހަޅާފައިވާ މި ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން ދަނީ މަޖިލީހުގެ މިނިވަން މުވައްސަސާތަކައި ބެހޭ ކޮމިޓީންނެވެ. އެ މަސައްކަތަށް ނޫސްވެރިންނާއި ބައްދަލު ކުރުމަށް ކޮމިޓީން ނިންމާފައި ވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މަޖިލީހުގެ އިދާރާގަ އެވެ.

ހަމައެކަނި ރެޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް ފުރުސަތު ހުޅުވާލައި ބާއްވާ މި ބައްދަލުވުމުގައި ބައިވެރިވެވޭނީ ކޮންމެ މީޑިއާއަކުން ވެސް އެކަކަށް ކަމަށެވެ. އަދި ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި އެ މީޑިއާތަކުން، އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ރެޖިސްޓްރީ ފޯމު ފުރުމަށް މަޖިލީހުގެ އިދާރާގެ އިއުލާނުގައި ވެއެވެ.

ބިލުގެ މަސައްކަތުގެ ތެރެއިން ޔޫތް އެންޑް އިންފޯމޭޝަން މިނިސްޓްރީ، ބްރޯޑްކާސްޓިން ކޮމިޝަންއާއި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ވެސް ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި މި ބިލުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ 15 ގެ ކުރިން ނިންމަން، ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

މި ބިލާއި ގުޅޭގޮތުން ދާދިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުގެ އެއްވެސް ކޮންޓްރޯލެއް މީޑިއާއަށް އޮތުމަށް އެމަނިކުފާނު ބޭނުންފުޅު ނުވާކަމަށެވެ. އަދި މިހާރު ބިލުގައި އޮތީ ކޮމިޝަނަށް އައްޔަނު ކުރާ 7 މެމްބަރުންގެ ތެރެއިން 4 މެމްބަރުން މަޖިލީހުގެ ވޯޓާއި އެކު އައްޔަނުކޮށް ކޮމިޝަނުގެ ރައީސަކު ސަރުކާރުން އައްޔަނު ކުރާ ގޮތަށް ނަމަވެސް އެގޮތް ބޭނުން ނުވާކަމަށް ރައީސް ވިދާޅުވި އެވެ.

މި ބިލުގައި ވަކިވަކި މާއްދާތަކަށް ކަންބޮޑުވުންތައް ހުރުމުން، އެކަންކަން ކޮމިޓީ މަރުހަލާގައި އިސްލާހު ކުރެވޭނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން މި ބިލާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ބައިވެރިވެ މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ކުރިޔަށް ގެންދެވި އެވެ. ޕްރެސްގައި އުޝާމް ވިދާޅުވީ ލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު އަނބުރާ ގެންދިއުމުގެ ވިސްނުމެއް މިވަގުތު ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: