ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އ ކިލޯގެ މަސްތުވާތަކެއްޗާއި، ލައްކަށްވުރެ ގިނަ ރުފިޔާއާއިއެކު މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި، ލައްކައަށްވުރެ ގިނަ ރުފިޔާއާއިއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން މައުލޫމާތު ދެމުން ބުނެފައިވަނީ، މަސްތުވާތަކެތި ގުންގުޅެ އަދި އެ ތަކެތި ވިއްކާ، ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އޮޕަރޭޝަނެއް ހިންގިކަމަށެވެ. އެގޮތުން، 2025 އޮގަސްޓު 27 ދުވަހުގައި ހިންގި، މި އޮޕަރޭޝަނުގައި ފުލުހުންގެ އިންޓެލިޖެންސްއާއި ޑްރަގް އެންފޯސްމަންޓު ޑިޕާޓްމެންޓު (ޑީއީއީ)ބައިވެރިވިއިރު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ފަރާތަކީ، ހިންނަވަރު / ކަފިދޫގެ، ހާރޫން ޖައިލަމް (23އ) އެވެ.

ފުލުހުން ބުނީ، މި އޮޕަރޭޝަނުގައި، ދެ ސައިކަލާއި، އެޕާޓްމެންޓެއް ބަލައިފާސްކޮށްފައިވާކަމަށެވެ. އަދި ބަލާފާސްކުރުމުގެ ތެރެއިން، އެއް ކިލޯއަށްވުރެ ގިނަ މަސައްތުވާތަކެތި ފެނިވާކަމަށެވެ. އެހެންނަމަވެސް، ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މީގެއިތުރުން، ބަލާފާސްކުރުމުގެ ތެރެއިން، ލައްކައަށް ވުރެ ގިނަ ފައިސާ ފެނިފައިވެއެވެ. އަދި، މި މައްސަލައާއި ގުޅިގެން ބަލާފާސްކުރި ދެ ސައިކަލު ވަނީ ފުލުހުން ޓޯކޮށްފައެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުގެ، އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތު ވަނީ ޖަހައިފައެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: