ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ބިލަކީ ކޮރަޕްޝަނާއި ފަސާދައިގަ މަތިޖަހަން ފާސްކުރާ ބިލެއް: ޝާހިދު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާ ރެގިއުލޭޓު ކުރުމަށް ހުށައެޅި ބިލަކީ މީޑިއާތަކަށް މިސަރުކާރުގެ ވެރިންގެ އަތްބާނާ، ކޮރަޕްޝަނާއި ފަސާދާގައި މަތިޖެހުމަށް ހިންގާ ހީލަތެއްކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މީޑިއާ ބިލާއި ގުޅޭ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް އޮތް މި ދަނޑިވަޅުގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅ ުމި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލްކުރާ ބިލު އިސްލާޙުކޮށްގެން މަޖިލީހުން އެ ބިލު ފާސްކުރުމަށް ސަރުކާރުން ރާވާ ރޭވުމަކީ، މީޑިއާގެ މިނިވަންކަން ނެތިކޮށްލަން ރާވާ ރޭވުމެއްކަމަށެވެ. އަދި ޝާހިދު ވިދާޅުވީ އެއީ، މީޑިއާތަކަށް މިސަރުކާރުގެ ވެރިންގެ އަތްބާނާ، ކޮރަޕްޝަނާއި ފަސާދާގައި މަތިޖެހުމަށް ހިންގާ ހީލަތެއްކަމަށެވެ.

މިނިވަން ޑިމޮކްރަސީއެއްގައި މިނިވަން މީޑިއާ ރެގިއުލޭޓް ކުރާންވާނީ ސެލްފު ރެގިއުލޭޓަރީ މެކޭނިޒަމެއްގެ ތެރެއިންކަމަށް ޝާހިދު ގަބޫލުކުރައްވައެވެ. މަޖިލީހަށް ހުށަހަޅާފައިވާ މި ބިލުގެ މުޅި މަހުފޫމް ބިނާ ކޮށްފައި އޮތީ، ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ޝާހިދު ވަނީ މަޖިލީހުން މި ބިލް މިހާރުން މިހާރަށް ބޭރު ކުރުމަށް ގޮވާލާފައެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މި ބިލުގެ ސަބަބުން ހަމައެކަނި ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިދާނެކަމުގެ ބިރު އޮތުމުގެ އިތުރުން، ސަރުކާރުން ލާއިންސާނީ އަމަލުތަކެއް ހިންގަފާނެކަމުގެ ބިރުވެސް އެބައޮތް ކަމަށެވެ. އަދި މި ބިލާ ދެކޮޅަށް އަމާން އިހުތިޖާޖެއް ކުރަމުންދިޔަ ނޫސްވެރިންނަށްވެސް ފިޔަވަޅު އަޅާފައިވާކަން ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ދެކޭގޮތުގައި މިއީ ނޫސްވެރިން ޖަލަށްލާ، މީޑިއާތަކަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެކެވެ. އެ ޕާޓީން ވަނީ ނޫސްވެރިކަން ފުނޑުފުނޑުކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވިޔަ ނުދިނުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ.

މި ބިލު މިހާރު ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މަރުހަލާއަށް ގޮސްފައެވެ. ނަމަވެސް އެމްޑީޕީން ޑިމާންޑްކުރަމުންދަނީ މި ބިލު މަޖިލީހުން ބޭރުކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: