ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ހދ. އަތޮޅުގެ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމު ކުރަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ ޕޭމަންޓް ސިސްޓަމްގެ ގަނޫނަށް ފުރަތަމަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު، މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި ބިލަކީ، 18 އޮގަސްޓު 2025 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ދުވެލި އިތުރަށް ހަލުވިކުރުމަށާއި، މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އީޖާދީ ޕޭމަންޓް ހިދުމަތް ތަޢާރަފުކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިބިދޭންޖެހޭ ގާނޫނީ ބާރުވެރިކަން ހޯދައިދިނުމެވެ. އެގޮތުން ވަކި ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ޖޮއިންޓްވެންޗަރއެއް އުފެއްދުމަށް ނުވަތަ އޭގެ ބައިވެރިއަކަށް ވުމުގެ ގާނޫނީ ބާރުވެރިކަން އެމްއެމްއޭ އަށް ލިބިދީފައިވެއެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ސިސްޓަމެއް ހިންގޭނީ އެމްއެމްއޭގެ ލައިސަންސް ނުވަތަ ހުއްދަ ލިބިގެންކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ލައިސަންސް ނުވަތަ ހުއްދަ ނެތި، އެފަދަ ހިދުމަތެއް ދޭކަމަށް ނުވަތަ ހަރަކާތެއް ހިންގާކަމަށް ދައްކައިގެންނުވާނެ ކަމަށް ބަޔާންކޮށް، ޕޭމަންޓް ހުދުމަތް ސޮލިސިޓްކުރުން ވަނީ މަނާކޮށްފައެވެ. އެގޮތުން، ޕޭމަންޓް ހިދުމަތް ސޮލިސިޓްކުރާ ފަރާތްތަކަށް 100،000 (އެއްލައްކަ) ރުފިޔާއާއި 10،000،000 (ދިހަމިލިޔަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހުތިޔާރު އޮތޯރިޓީއަށް ވަނީ ލިބިދީފައެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު މިހާރުވަނީ މި ގާނޫނަށް ޢަމަލުކުރަން ފަށައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: