ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްއަށް ފުރައްސާރަކޮށް ގަނާކުރިކަމަށް ބުނެ އާދަމް ޝަރީފްގެ ކަންބޮޑުވުން

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި މިނިސްޓަރު އާދަމް ޝަރީފް އުމަރު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނާއި ބައްދަލުކުރައްވާއިރު މަދުން ނޫނީ ނުފެންނަ ސިފަތަކެއް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކިބައިން ފެނިގެންދާކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މީޑިއާ ރެގިއުލޭޝަން މަސައްކަތްތަކާއި ގުޅިގެން އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޑރ މުއިއްޒު ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކުރައްވާއިރު އެމަނިކުފާނުގެ އުޅުއްވުން ހުންނަނީ ސާދާގޮތެއްގެ މަތިންކަން ފެނިގެންދާކަމަށެވެ. މަގުތަކުން ހިންގަވާފައި ދާއިރު ދިމާވާ އެކި އުމުރުފުރާތަކުގެ މީހުންނާއި ބައްދަލުކުރައްވާކަމަށެވެ. މި މަސައްކަތްތަކުގެ ތެރެއިން ސަލާންކުރެއްވުމާއި ހާލު އެއްސެވުން ފަދަ ކަންކަން ފެނިގެންދާކަމަށާއި އެއީ ރާއްޖޭގެ ގިނަ ބަޔަކު އުފާވާ މަދުން ނޫނީ ނުފެންނަ ސިފައެއްކަމަށް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިފަހުން މަގުން ވަޑައިގަންނަވަނިކޮށް އެމަނިކުފާނަށް ގަނާކޮށް ފުރައްސާރަކޮށް ފުރާނައަށް ނުރައްކާވާގޮތަށް ބަޔަކު މަގުމަތިން ދިމާކުރި މަންޒަރު ފެނުނުކަމަށެވެ. ނޫސްވެރިންތަކެއް ރައީސްގެ ފަހަތުން ހިނގަމުންގޮސް މުލިޔާގެއާއި ހިސާބަށް ދިޔަކަމަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ، ދައުލަތުގެ ތިން ބާރަށް ފާރަވެރިވާ ނޫސްވެރިކަމުގެ ތަސައްވުރު ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.

ބަދަލު ހިފުމާއި ޒާތީ ތައައްސުބުން ދުރުހެލިވާންޖެހޭކަމަށާއި އެ މަސައްކަތްތަކުގެ ތެރެއިން ފަސާދައާއި ފިތުނަވެރިކަން އެއްކިބާކޮށް، ޒިންމާދާރު ނޫސްވެރިކަމުގެ ބޭނުން އިންތިހާއަށް ޖެހިފައިވާކަމަށް ފާހަގަކުރެއްވިއެވެ. އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހާއި ސަރުކާރާއި ޝަރުޢީ ނިޒާމު ޖަވާބުދާރީ ކުރުވަން އޮތް ބާރަކީ ވީދެމުންދާ އިޖުތިމާޢި ފޭރާން ހަފުސްކުރާ ބަޔަކަށް ވެއްޖެނަމަ ޤައުމުގެ ކުރިމަގު އުޖާލާއެއް ނުވާނެކަމަށެވެ.  

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: