ޝަރުއީ ދާއިރާގައި އަންހެން މުވައްޒަފުންނަށް މޫނުބުރުގާ އަޅައިގެން މަަސައްކަތް ކުރެވޭނެކަމަށް ކަނޑައަޅައިފިއެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިގޮތަށް ނިންމާފައިވާއިރު، މިކަމާއި ގުޅޭ ގޮތުން މީގެ ކުރިން އޮންނަ ގަވާއިދުގައި ބުނެފައިވަނީ، ޝަރުއީ ދާއިރާގެ ކޮންމެ ހިދުމަތަކީވެސް ޒިންމާދާރުކަމާއެކު ދޭން ޖެހޭ އަދި ޖަވާބުދާރީ ވާން ޖެހޭ ހިދުމަތަކަށްވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުއާމަލާތް ކުރާ ފަރާތްތަކަށް އެމީހަކު ފާހަގަކޮށް އެނގެން ޖެހޭނެކަމަށެވެ.
ނަމަވެސް އަލަށް ގެނައި އިސްލާހުގައިވަނީ، މި މާއްދާގައި މިހެން އޮތް ނަމަވެސް، ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން މޫނު ބުރުގާ (ލޯ ނުފޮރުވޭ ގޮތަށް) އެޅުން މި މާއްދާގެ (ހ) އިން ހުރަސް ނާޅާނެކަމަށެވެ.
ނަމަވެސް ކާކުކަން، ކަށަވަރުނުވެއްޖެނަމަ، އެފަދަ މުވައްޒަފެއްގެ މޫނު ކޯޓު ނުވަތަ އިދާރާގެ ކަމާބެހޭ އަންހެން މުވައްޒަފަކަށް ދައްކަން ވާނެ ކަމަށް އިސްހާލުގައިވެއެވެ.
މީގެ ކުރީގައި، މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރުމުގެ ފުރުސަތު ޝަރުއީ ދާއިރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް އޮތީ ހަނިވެފައެވެ. ގެ ކުރިން މިފަދަ ކަންކަމުގައި ވަޒީފާއިންވެސް ވަކިކޮށްފައިވެއެވެ. އަދި ވަޒީފާ ދިނުންވެސް ހުއްޓުވާފައިވެއެވެ.
މިކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، އިސްލާމް ދީނާ ހިލާފުނުވާ ގޮތަށް ހެދުން އަޅާނަމަ، ވަޒީފާ ދިނުމުގައި އެއްވެސް ތަފާތެއް ކޮށްގެން ނުވާނެކަމަށެވެ. އެ ތަފާތުކުރުން ގެނުވާ ގޮތަށް ކުރީގައި ހަދާ އަދިވެސް އަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށްވެސް ރައިސް ވިދާޅުވިއެވެ.

