ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އަނދިރިތަނެއްގައިނަމަ ހެޔޮކަމެއް ކުރަން ހުއްޓަސް ތުހުމަތުތަކެއް އަމާޒުވުން އެކަށީގެންވޭ“

އަނދިރި މަގެއްގައި ބަޔަކު ހުއްޓި ވާހަކަދައްކަންތިބި މަންޒަރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމެއް ހިންގުމާއި ހަވާލުވާ ބައެއްގެ ހަޖަމުކުރާ ނިޒާމު ވަރަށް ރަނގަޅުވާންވާނެއެވެ. މަގާމުތަކަަށް އަންނައިރު އިނގިލިތަކެއް ދިއްވެގެންދާނެކަން އަދި ފާޑުކިޔުންތަކެއް އިވިގެންދާނެކަންވެސް ދަންނަންޖެހެއެވެ. ރާއްޖޭގެ ރައީސުންގެ ތެރެއިން އެއްވެސް މީހަކު މިއަދު ޖަލު ގޮޅިއަކު ނެތެވެ. އެކަމަށް ރައްޔިތުންގެ އަގުލަބިއްޔަތުން އެދޭ ތަނެއްވެސް ނުފެނެއެވެ. އެހެންކަމުން އަދި އެ މިންވަރަށް ރައްޔިތުންނަށް ގައްދާރުވި މީހަކު ހުރިކަމަކަށް ނުބުނެވޭނެއެވެ.

ނަމަވެސް ކޮންމެ ސަރުކާރެއްގައިވެސް ގައުމު އޮންނަނީ ހަލަބޮލިކަމެއްގެ ތެރޭގައި ނޫންކަމަށް ދެންނެވުމުގެ ފުރުސަތެއް ނެތެވެ. ރައްޔިތުންގެ ލޯބި އެންމެ ބޮޑަށް ލިބިވަޑައިގެންނެވިކަމަށް ބުނާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދައުރުން ފެށިގެން އައިސްފައިވާ ޑިމޮކްރެޓިކް ވެރިންގެ އެކަކަށްވެސް އަމާން އޮމާން ވެރިކަމެއް ނުކުރެވެއެވެ. މަދު ދުވަސްކޮޅެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގެ ދައުރު ވެގެންދިޔައީ ކެނޑިނޭޅި މުޒާހަރާ ކުރި ދުވަސްތަކަކަށެވެ.

ދެން ވަޑައިގެންނެވި ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަންވެސް ހަމަ އެފަދައެވެ. ހަލަބޮލި ނުތަނަވަސް ކުރިއެރުމެއް ހޯދަން ދަތި މާހައުލެއް އޮތެވެ. އެމަނިކުފާނު ކުރެއްވި ކޮންމެ ކަމަކަށްވެސް ތުހުމަތުތަކެއް އަމާޒުވިކަމަށް ދެންނެވުން ގޯހެއް ނުވާނެއެވެ. ތުހުމަތުތައް ތެދުކަމަކަށް ނުބުނަމެވެ.

އެއަށްފަހު ދާދި ފަހުން ވެރިކަން ދޫކުރައްވާ ވަޑައިގަތީ ލޮބުވެތި އެމްޑީޕީގެ ކެނޑިޑޭޓެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ދައުރުވެސް ހަމަ އެއްފަދައެވެ. ސިޔާސީ ހަމަޖެހުމެއް ގައުމުގެ މަސްލަހަތެއް ނެތެވެ. އޮތީ ނުތަނަވަސް މާހައުލެކެވެ. މިހާރު ހުންނެވި ރައީސްއަށްވެސް އޮތީ ދާދި އެއްފަދަ ދަތުރެކެވެ. މިއީ ރައީސުންގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅުން ގޯސްވެގެން ދިމާވާ މައްސަލައެއް ނޫނެވެ.

ރާއްޖޭގައި ކުރެވޭ ސިޔާސީ މަސައްކަތްތައް ބައްޓަންވެފައިވާ ގޮތުގެ ސަބަބުން ދިމާވާ މައްސަލަތަކެކެވެ. ސިޔާސީ ކިޔާފަ ކުރާ ގިނަ މަސައްކަތްތަކެއްގެ ފަހަތުގައި އޮތީ ތުހުމަތެކެވެ. ރައީސް ޔާމީންގެ ދައުރުގައި ނޫސްވެރިއެއް ގެއްލުމާއި އެމަނިކުފާނާއި ގުޅުންތަކެއް އޮތްކަމަށް ބުނާ އަޑުއިވެއެވެ. އެއީވެސް ސިޔާސީގޮތުން ކުރާ ތުހުމަތަކެވެ. ރައީސް ސާލިހުގެ ދައުރު ނިމުނުއިރު އެމަނިކުފާނުގެ މައްޗަށް ގައުމުން ބައެއް ވިއްކާލިކަމުގެ ތުހުމަތުކުރެވެއެވެ. އަރަތެކެވެ. ނަމަވެސް އެއީ ހަމަ ދައްކަމުންދިޔަ ވާހަކައެކެވެ. މިއަދު ހުންނެވި ރައީސްއަށް ވެރިކަމާއި ހަވާލުނުވެވެނީވެސް ތުހުމަތުތައް އަމާޒުވެއްޖެއެވެ.

ސިޔާސީގޮތުން ކުރާ ތާކުންތާކު ނުޖެހޭ ތުހުމަތުތަކުގެ މައްސަލައަށް ހައްލެއް ގެނައުންވާނީ ދަތިކަމަކަށެވެ. ނަމަވެސް އެއީ ގިނަ ބަޔަކު ގަބޫލުކުރާނެ ވާހަކަތަކެއް ނޫނެވެ. ނަމަވެސް ފެންނަމުންދާ މަންޒަރެއްގެ ހަގީގަތް ނޭނގޭނަމަ އެ މަންޒަރު ކޮންމެ ގޮތަކަށްވެސް ދޭހަކޮށްދެވިދާނެއެވެ. ދެފުށް ފެންނަ ގޮތެއްގެ މަތިން މަސައްކަތްތައް ކުރެވިގެންދިއުން މުހިންމުވަނީ މި ސަބަބަށެވެ. އަނދިރިގަނޑެއްގައި ތިބެ މަސައްކަތްތަކެއް ކުރާނަމަ ދުރުން މަންޒަރު ބަލާ މީހުންނަށް އެތަނުގައި ހިނގަމުންދަނީ ނޭދެވޭ ކަންތައްތަކެއް ކަމަށް ހީވެގެންދިއުން އެކަށީގެންވެއެވެ. ކާރެއް ދޮށުގައި ހުއްޓި މަރާމާތެއް ކުރަން ހުރި މީހަކު ކުރަމުންދަނީ ވައްކަމެއްކަމަށް ހީވެގެންދިއުމުގެ ފުރުސަތު އޮވެއެވެ.

ފަހުގެ މިސާލެއްވެސް ދަންނަވާލާނަމެވެ. ޒުވާން އަންހެނަކު ގެއެއްގެ ފުރާޅުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި އާންމުވި ފޮޓޯއެއްގައި ސިފައިންގެ ބޭފުޅަކު ފުރާޅުމަތީގައި ހުރި ފޮޓޯއެއް އާންމުވެ ވަރަށް ގިނަ ތުހުމަތުތައް ކުރެވުނެވެ. ކަމުގެ މައުލޫމާތު ދިނުމުގައި ފުލުހުންގެ މުއައްސަސާގެ ފަރާތުން ލަސްތަކެއްވުން ނޫނީ ނުދޭން އުޅުމުގެ ސަބަބުން ކުރެވެމުންދަނީ ހަގީގީ ތުހުމަތުތަކެއް ކަމަށް ހީވެގެންދިޔައެވެ. އެ ހާދިސާ ވަށައިގެން އަނދިރިކަމެއް އޮތީމައެވެ. ހާދިސާއެއް ދިމާވުމުން ދެފުށް ފެންނަ ގޮތެއްގެ މަތިން ކަންކަން ކުރެވިފައި ނެތުމުންނެވެ. މަންޒަރު ސާފުވިއިރު އޮތީ ހަމައެކަނި އެއް މައްސަލައެވެ. ދެފުށް ފެންނަ ގޮތެއްގައި އަމަލުކުރެވިފައިނުވުމެވެ. ހައްސާސް ކަމެއްވުމުން މިފަދަ ހާލަތެއް މެދުވެރިވެގެންދިއުން އެކަށީގެންވެއެވެ.

ހިނގަމުންދާ މިފަދަ ކަމަކަށް ބަލާއިރު ރާއްޖޭގެ މާލީ ހާލަތާއި ގުޅޭ މަންޒަރުވެސް ފެންނަމުންދަނީ ކިލަނބުކަމެއްގެ ތެރޭގައެވެ. މައިގަނޑު އެއް ސަބަބަކީ އެކަށީގެންވާ ގޮތެއްގައި މައުލޫމާތު ނުދެވުމެވެ. އިދިކޮޅު ޕާޓީންދަނީ މިކަމުގެ ބޭނުން ހިފައި ރާއްޖެ ބަނގުރޫޓުވަމުންދާކަމަށް ސިފަކުރަމުންނެވެ. ނަމަވެސް ދާދި ފަހުން ޗައިނާގެ ފަރާތުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު އެއީ މެދުވެރިނުވާނެ ހާލަތެކެވެ. މިއީ ފިނޭންސް މިނިސްޓްރީގެ ފަރާތުން ދޭންޖެހޭ މައުލޫމާތުތަކެކެވެ. ދެވިފައި އޮތްނަމަ ބަނގުރޫޓުވަނީކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކުގެ ފަހަތުގައި ހަގީގަތެއް ނެތްކަން އެނގޭނެއެވެ.

އެހެންކަމުން ގައުމެއްގެ ރައްޔިތުންގެ މެދުގައި އެއިރެއްގައި އޮންނަ ސަރުކާރަކަށް އިތުބާރު ދެމެހެއްޓުމުގައި ދެފުށް ފެންނަ ގޮތެއްގެ މަތިން މަސައްކަތްތައް ކުރުން ކޮންމެހެންވެސް ބޭނުންތެރިކަން ޔަގީންވެއެވެ. ސަރުކާރަކުން ކިތަންމެ ރަނގަޅު މަސައްކަތްތަކެއް ކުރުމަށް ތައްޔާރުވަމުންދާނަމަ އެ ތައްޔާރީތައްވަމުންދަނީ އަނދިރި މަގެއްގައި ހުއްޓިތިބެ ނަމަ އަމާޒުވެގެންދާނީ ތުހުމަތުތަކެއްކަން އެނގެންޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: