ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދުވަހަކަށް ވުރެ ދުވަހެއް ކާމިޔާބު، ފެންވަރު ރަނގަޅު، ޢިލްމީ ހިޔާވައްސަކަށްވުމަށް އުއްމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސީޓީގެ 52 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ޔުނިވަރސީޓީގެ ވެރީންނާއި ހުރިހާ މުވައްޒަފުންނާއި ދަރިވަރުންނަށް، ތަހުނިޔާ ފޮނުއްވައެވެ،
ރައީސް ތަހުނިޔާ ފޮނުއްވީ މިއަދު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓުގައެވެ.
ރައީސްގެ ޕޯސްޓުގައި، އެމަނިކުފާނުގެ ދުޢާއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދުވަހަކަށް ވުރެ ދުވަހެއް ކާމިޔާބު، ފެންވަރު ރަނގަޅު، ޢިލްމީ ހިޔާވައްސަކަށްވުންކަމަށް ވިދާޅުވިއެވެ. އަދި، ގައުމީ ހިދުމަތުގައި ކާމިޔާބު 52 އަހަރު ކަޑައްތުކޮށްފައިވާތީ އެކަމައްޓަކައި އެމަނިކުފާނު ވަނީ ޤައުމީ ޔުނިވަރސިޓީގެ ހީވާގި ޓީމަށާއި ލޮބުވެތި ދަރިވަރުންނަށް މަރްޙަބާއާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޚިދުމަތްދޭން ފަށާފައިވަނީ 1973 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ އެއްވަނަ ދުވަހުގައެވެ.

