ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު 6 ގައި ހުންނަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކަސްޓަމާ ކެއާ އޮފީސް މެދުވެރިކޮށް ބިލްތައް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މިކަމާއި ގުޅޭ ގޮތުން މައުލޫމާތުދެމުން އެޗްޑީސީއިން ބު މިކަމުގެ ސަބަބުން ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އެޗްޑީސީގެ ހިދުމަތްތަކަށް ފަސޭހައިން ވާސިލްވެވޭނެކަމަށެވެ.
މިއީ އެ ކޯޕަރޭޝަނުން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނުކަމެއްކަމަށް ބުންޏެވެ. މި އޮފީހަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށް، ފަސޭހައިން އެޗްޑީސީގެ ކަސްޓަމާ ކެއާ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމުގެ މަގުސަދުގައި ގާއިމުކުރެވުނު އޮފީހެކެވެ.
މި އޮފީހުން ކަސްޓަމަރުންނަށް މައުލޫމާތު ސާފުކޮށްދިނުމާއި، އެކި ކަހަކަ ފޯމު އެޕްލިކޭޝަންތައް ބަލައިގަތުމުގެ ހިދުމަތް ދެމުން އަންނަ އިރު، މިހާރު ފައިސާ ބަލައިގަތުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
މި އޮފީސް ހުޅުވިފައި ހުންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 02:00 އަށެވެ.

