3 އޮކްޓޫބަރުގައި އެމްޑީޕީން މުޒާހަހާއަށް ނިކުންނަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށައެޅި ގަރާރު ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.
މި ގާރާރު ހުށައަޅުއްވާފައިވަނީ މަނަދޫ ދާއިރާގެ ރައީސް މުހައްމަދު ތޯރިގެވެ. އޭނާ ހުށައެޅުއްވި ގަރާރުގައި ވަނީ އަންނަ އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހުން ފެށިގެން މާލޭގައި މި ސަރުކާރައި ދެކޮޅަށް މުޒާހަރާ ކުރުމަށެވެ. އަދި ސަރުކާރު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކާމިޔާބު ވުމާއި ހަމައަށް އެ އިހުތިޖާޖުތައް ސިިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާނެ ކަމަށްވެސް އެ ގަރާރުގައިވެއެވެ.
މި ގަރާރަށް ތާއިދު ކުރެއްވީ ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމެވެ. މި ގަރާރު ފާސްވެފައި ވަނީ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
އެ ގަރާރުގައި ރާއްޖޭގެ މިނިވަންކަމާއި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތައް ގެއްލުވާލަން ބޔަކު މަސައްކަތް ކުރާ ކޮންމެ ފަހަރަކު ނިކުންނަނީ އެމްޑީޕީން ކަމަށް ބުނެފައެވެ. ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަންނަމުން ދާ ކަމަށާއި އަދި ރާއްޖޭގައި ކޮރަޕްޝަން އިންތިހާއަށް ހިންގާ ކަމަށް ބުނެފައެވެ.
މި ސަރުކާރުން ކުރަމުން ދާ ވައްކަމާއި، ކޮރަޕްޝަނާއި އަދި ޝަރުއީ ދާއިރާއަށް އަތް ބޭނުމާއި އެފަދަ ކަންކަމާއި ދެކޮޅަށް ނިކުތުމަށް އެމްޑީޕީން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް އެ ގަރާރުގައި ވަނީ ބުނެފައެވެ. އަދި މިއީ ސަރުކާރު ްބޭނުންހާ ގޮތަކަށް ކަންކަން ކުރުމަށް ފުރުސަތު ނުދޭނެ ކަން ސާފުކޮށް ސަރުކާރަށް އެންގުން ކަމަށްވެސް ގަރާރުގައި ވަނީ ބުނެފައެވެ.

