ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮގަސްޓު މަހުގެ ތެރޭގައި ވޭޕުގެ މައްސަލަތަކުގެ ޖޫރިމަނާ 150،000 އަށް އަރާ!

ވޭޕް ކުރަން ބޭނުން ކުރާ އާލަތްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

އޮގަސްޓު މަހުގެ ތެރޭގައި ވޭޕުކުރުމުގެ މައްސަލައިގައި ކުރި ޖޫރިމަނާތަކުގެ ޖުމުލަ 150،000 ރުފިޔާއަށް އަރާކަމަށް ފުލުހުންގެ މުއައްސަސާއިން ހާމަކޮށްފިއެވެ.

ފުލުހުންގެ މުއައްސަސާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، އޮގަސްޓު މަހުގެ ތެރޭގައި ވޭޕާއި ގުޅުންހުރި 11 މައްސަލައެއް ބަލައި، އެ މައްސަލަތަކުގައި މީހުން ޖޫރިމަނާކޮށްފައިވެއެވެ. މިގޮތުން ވޭޕާއި އީސިނގިރޭޓު ގެންގުޅުމުގެ މައްސަލައިގައި 16 މީހަކު ޖޫރިމަނާކުރެވިފައިވާއިރު، ވޭޕާއި އީސިނގިރޭޓު ބޭނުންކުރި މައްސަލައިގައި 14 މީހަކު ޖޫރިމަނާކޮށްފައިވެއެވެ.

ފުލުހުންގެ މުއައްސަސާއިން އިތުރަށް ހާމަކުރިގޮތުގައި، ވޭޕު ކުރުމުގެ މައްސަލައިގައި ކުރި ޖޫރިމަނާތަކުގެ ޖުމުލަ 85،000 ރުފިޔާއަށް އަރާއިރު، ގެންގުޅުމުގެ މައްސަލައިގެ ޖޫރިމަނާތައް 65،000 ރުފިޔާއަށް އަރައެވެ.

އިތުރު ފިޔަވަޅެއްގެ ގޮތުން، ސަރުކާރުންވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖޭގައި ވޭޕުކުރުން މަނާކުރެވިގެންދާގޮތަށް ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައެވެ. މި އިސްލާހުގެ ދަށުން ރާއްޖެއަށް ވޭޕު އެތެރެކުރުމުގެ ޖޫރިމަނާއެއްގެ ގޮތުގައި 50،000 ރުފިޔާ ކަނޑައެޅިފައިވާއިރު، ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ނެގުމަށްވެސް ހަމަޖެހިފައިވެއެވެ.

މި އިސްލާހު ގެނެވިފައިވަނީ ރާއްޖޭގައި ދުޅަހެޔޮ ޒުވާން ޖީލެއް އުފެއްދުމަށާއި، މުޖުތަމައުގެ ތެރޭގައި ފެންމަތިވަމުންދާ ނުރަނގަޅު އާދަތައް ހުއްޓުވުމަށް ކަމަށް ސަރުކާރުން ބުނެއެވެ. ”މި މަސައްކަތްތައް ކުރެވިގެންދިޔައީ އާންމުންގެ ތެރޭގައި، ޚާއްޞަކޮށް ސްކޫލަށް ދާ ކުޑަކުދިން ވޭޕުކުރުމުގެ މައްސަލައިގެ ކަންބޮޑުވުން އިންތިހާއަށް އުފެދިފައިވަނިކޮށް“ ކަމަށް ސަރުކާރުގެ ފަރާތުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: