ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުލަޔަކަށް ބެލުމެއް ނެތި، ސަރުކާރާއި ދެކޮޅަށް ތެދުވަން ޝާހިދު ގޮވާލައްވައިފި

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު:/ ފޮޓޯ - އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ ހަމަމަގަށް އެޅުވުމަށްޓަކައި ކުލަޔަކަށް ބެލުމެއްނެތި ސަރުކާރާ ދެކޮޅަށް ތެދުވުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ. އަދި މިކަމުގައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް އެމްޑީޕީން ނިކުންނާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ސަރުކާރުން ވަނީ ރައްޔިތުންގެ އުއްމީދުތަކާއި، ދައުލަތުގެ ޚަޒާނާ އަދި މުޅި ދައުލަތް ލޫޓުވާލާފައެވެ. މީގެއިތުރުން ރައްޔިތުންގެ އަޑު އުފުލުމަށް މަޖިލީހަށް ހޮވާފައިވާ މަންދޫބުންގެ އަޑުވެސް ސަރުކާރުން ވަނީ ފޭރިގަނެފައިކަމަށް ތުހުމަތު ކުރެއްވިއެވެ.

”އަދުލު އިންސާފުގެ ނިޒާމުގެ މައްޗަށް ރައްޔިތުންގެ އޮތް އިތުބާރާއި ޔަޤީންކަންވެސް ސަރުކާރުން ވަނީ ލޫޓުވާލާފައި. މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރުކަމަށްވާ މީޑިއާގެ މިނިވަންކަން ނައްތާލުމަށް،“ ޝާހިދު ވިދާޅުވިއެވެ.

މަޖިލީހުގައި މިހާރު އޮތް މީޑިއާ ރެގިއުލޭޝަން ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، މި ބިލަކީ މީޑިއާތަކުގެ މައްޗަށް ސަރުކާރުގެ ވެރިންގެ އަތްބާނައި، ކޮރަޕްޝަނާއި ފަސާދައިގެ މައްޗަށް ފޮރުވުން އެޅުވުމަށް ހިންގާ ހީލަތެއްކަމަށެވެ. އަދި މިނިވަން ޑިމޮކްރަސީއެއްގައި މީޑިއާ ރެގިއުލޭޓްކުރަންވާނީ ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމެއްގެ ތެރެއިންކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މި ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިދާނެކަމުގެ ބިރު އޮތުމުގެ އިތުރުން، ސަރުކާރުން ލާއިންސާނީ އަމަލުތަކެއް ހިންގަފާނެކަމުގެ ބިރުވެސް އޮތްކަމަށެވެ. މި ބިލު މިހާރު ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މަރުހަލާއަށް ގޮސްފައިވާއިރު، އެމްޑީޕީން ޑިމާންޑްކުރަމުންދަނީ މި ބިލު މަޖިލީހުން ބޭރުކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: