ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ ޝަމްހީދު ވިދާޅުވެދެއްވީ އެމްޑީޕީގެ އެއްވުމުގައި ވިޔަފާރިވެރިން ބައިވެރިވާން ޖެހޭ ސަބަބު!

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން އޮކްޓޯބަރު 3 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ އެއްވުމުގައި ވިޔަފާރިވެރިން ބައިވެރިވާން ޖެހޭ ސަބަބު ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެދެއްވައިފިއެވެ.

އޮކްޓޯބަރު 3 ގައި ބޭއްވުމަށް އެމްޑީޕީއިން ރާވާފައިވާ ރޭވުމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޑރ ޝަމްހީދު ވިދާޅުވީ، މި އެއްވުމުގައި ބައިވެރިވުމަށް ވިޔަފާރިވެރިން ނިކުންނަން ޖެހޭކަމަށެވެ. މި ސަރުކާރުން ގެންދަނީ ސިލްސިލާ ގޮތެއްގައި ވިޔަފާރިންނަށް ”ދުއްޕާން“ ކުރަމުންކަމަށް ޑރ ޝަމްހީދު ވިދާޅުވިއެވެ.

އެގޮތުން ޑރ ޝަމްހީދު ފާހަގަކުރެއްވީ ވޭޕްގެ ވިޔަފާރިއެވެ. 600 މިލިއަނެއްހާ ރުފިޔާއަށްވާ ވޭޕް މާލޭގައި ސްޓޮކް ޖަހާފައި ހުއްޓާ، އެ ޑަސްބިނަށްލުމަށް ސަރުކާރުން އެންގިކަމަށް ފާހަގަކުރެއްވިއެވެ. އަދި އެއްވެސް ބަދަލެއްވެސް މިކަމުގައި ދީފައިނުވާކަމަށް ވިދާޅުވިއެވެ.

އެބޭފުޅުން އާދޭސް ކުރި، އެކަމަކު ހަމަ އަޑުއަހާލުމެއްވެސް ނެތް. އެކަންވެސް އެގޮތަށް ދިޔައީ. އޭގެ ފަހުން އަޅުގަނޑުމެންނަށް މަޖިލީސް ތެރެއިން ފެނިގެންދިޔައީ ފޮރެކްސް ބިލް/ޑޮލަރުު މާރުކުރުމުގެ ބިލު، މިކަމުގެ ކަންބޮޑުވުން ޓޫރިޒަމް ވިޔަފާރީގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުންވެސް، އަޅުގަނޑުމެން މަޖިލީހާއި ޝެއާކުރިން.

ޑރ ޝަމްހީދު ވިދާޅުވިއެވެ.

އެއަށްފަހު ދެން ފެނިގެންދިޔައީ މަޖިލީހުގެ ތެރެއިން ޑޮލަރު މާރުކުރުމުގެ ގާނޫނަށް އިސްލާހު ގެނައި މަންޒަރުކަމަށާއި، މަޓީފަދަ މިކަމުގައި ހިއްސާ ބޮޑު ފަރާތްތަކުގެ އަޑު އަހާލުމަށްވެސް ބޭނުން ނުވިކަމަށް ވިދާޅުވިއެވެ.

ދެން ފެނިގެން ދިޔައީ ސަރުކާރުން ޓެކްސީ ވިޔަފާރި ހުއްޓުވާލަން ސަރުކާރުން އެ މަސައްކަތުގެ ތެރެއަށް ވަދެގަތް މަންޒަރުކަމަށާއި، މިއަދާއި ހަމައަށްވެސް އެކަމުގައި ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުން އެބައޮތްކަމަށް ފާހަގަކޮށް ޑރ ޝަމްހީދު ވިދާޅުވީ މި ސަރުކާރުން ކޮންސްޓްރަކްޝަން އިންޓަސްޓްރީ ހުއްޓުވާލުމަށްވެސް މަސައްކަތް ކުރަމުންދާކަމަށެވެ. މި ދާއިރާގެ އެއްވެސް ބަޔަކަށް ފައިސާއެއް ނުދޭކަމަށާއި، މަޝްރޫއުތައް ދެމުންދަނީ ސަރުކާރު ކުންފުނިތަކަށްކަމަށެވެ. ކުންފުނިތަކަށް ދޫކުރަން ޖެހޭ 12 ވަރަކަށް ބިލިއަން ރުފިޔާ އޮތްއިރު، އެ ފައިސާ ދޫނުކޮށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ޓެކްސް ނުދައްކާ ފަރާތްތަށް ޖަލަށްލެވޭނެ މަގުފަހިކުރުމުގެ މަސައްކަތްކަމަށް ޑރ ޝަމްހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ ޝަމްހީދު ވިދާޅުވީ އަންނަ އަހަރު ދައްކަން ޖެހޭ ފައިސާ ދައްކާނެ ގޮތުގެ ޕްލޭންއެއް ސަރުކާރުގެ ނެތްކަން މޯލްޑިވްސް މަނިތަރީ އޮތޯރިޓީގެ ގަވަރުނަރުގެ ވާހަކައިން ހާމަވާކަމަށެވެ. ބަޖެޓާއި އެއްގޮތަށްވެސް މަސައްކަތްތައް ކުރިއަށް ނުދާކަމަށް ޑރ ޝަމްހީދު ވިދާޅުވިއެވެ. މިއަހަރު، ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެގެން ދިޔަ ނަމަވެސް އެ ފައިސާއަށް ވެގެން ދިޔަ ގޮތް ނޭގޭކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: