ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަނުން މުޅި މުޖުތަމައު ފަސާދަވެ، ޤައުމުގެ މުޅި ނިޒާމު ކިލަނބުވޭ: ޑރ ޝައުޤީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަނުން މުޅި މުޖުތަމައު ފަސާދަވާ ކަމަށާއި، ޤައުމުގެ މުޅި ނިޒާމު ކިލަނބުވެގެންދާކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އެންޓި-ކޮރަޕްޝަން ކޮމިޝަންއަށް ޤާނޫނު އަސާސީއާއި، ކޮމިޝަނުގެ ޤާނޫނުން މަތިކޮށްފައިވާ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް އެކުލަވާލާފައިވާ ތަޞައްވުރަށް ވާޞިލުވުމަށާއި، ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ކޮމިޝަނުން ޤަބޫލުކުރާ ހަމަތައް ނެގެހެއްޓުމަށް ކޮމިޝަނުގެ މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ ސުލޫކީ ޤާބިލުކަމާއި، ފަންނީ ޤާބިލުކަން ކަނޑައަޅާފައިވާ މައި އޮނިގަނޑު އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ، ތައުލީމާއި ދިރާސާ ކުރުމުގެ ދާއިރާއިން އޭސީސީއާ ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި، އެފަދަ ބައެއް މަސައްކަތްތައް މިހާރުވެސް ކުރެވިފައިވާ ކަމަށެވެ.

އޭސީސީން ތައާރަފްކުރި ފްރޭމްވޯކަށް އަލިއަޅުވާލައްވާ ޝައުޤީ ވިދާޅުވީ، މި ފްރޭމްވޯކާއެކު އޭސީސީގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށާއި، ކޮރަޕްޝަނުން މުޖުތަމައު ދުރުކުރުމަށް ކުރަމުންދާ ޤައުމީ މަސައްކަތުގައިވެސް އެހީއަކަށްވެގެންދާނެ ކަމަށެވެ.

ކޮރަޕްޝަނުން މުޖުތަމައު ދުރުކުރުމަށްޓަކައި ތިބޭފުޅުން ކުރައްވަމުން ތި ގެންދަވަނީ ވަރަށް މާތް ޤައުމީ މަސައްކަތެއް

ޝައުޤީ ވިދާޅުވީ، ކޮރަޕްޝަނުން މުޅި މުޖުތަމައު ފަސާދަވާ ކަމަށާއި، ސަރުކާރާއި ޤައުމީ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލި ހީނަރުވެގެންދާ ކަމަށެވެ. އަދި އާންމު ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތަކާ ފުރުސަތުތައް ހަނިވެ، މުޅި ނިޒާމު ކިލަނބުވެގެންދާކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން އޭސީސީން ކުރަމުންދަނީ ޤައުމުން އެ ފަސާދަ ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ވަޒީފާއަށް މީހުން ނެގުމާއި ތަމްރީނު ދިނުމުގައިވެސް މި ފްރޭމްވޯކްގެ ބޭނުން ހިފޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިއީ އުނގެނުމުގެ ދާއިރާގައިވެސް އާންމު މަފްހޫމެއް ކަމަށެވެ.

ހަމައެއާއެކު، ފްރޭމްވޯކެއް އެކުލަވާލުމަށްފަހު އެ ފްރޭމްވޯކަށް އަމަލުކުރުންވެސް މުހިއްމުވާނެކަމަށް ޝައުޤީ ފާހަގަ ކުރެއްވިއެވެ. އެގޮތުން މިއީ ހަމައެކަނި ލިއުމެއްގައި އޮންނަ އެއްޗަކަށްވެގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ފްރޭމްވޯކްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި މަޤާމުގެ މަސައްކަތަށް ބޭނުންވާ ސިފަތަކާއި ހުނަރުތައް ލިޔެވި ފެންނަން އޮތުމާއި، ނަތީޖާ ރަނގަޅުކުރުމަށް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރަންޖެހޭ ކަންތައްތަކަކީ ކޮބައިކަން ބަޔާންކުރުމުގެ އިތުރުން ކޮމިޝަނުގެ މުވައްޒަފުން އުނގެނި ދަސްކުރުމަށް ބޭނުންކުރެވޭނެ މަގުޗާޓެއް ތައްޔާރުކުރެވިފައި އޮތުން ހިމެނެއެވެ.

މި ފްރޭމްވާކްގެ ސަބަބުން މުވައްޒަފުންނަށް އެ މުވައްޒަފެއްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ސިފަތަކާއި ހުނަރުތަކަކީ ކޮބައިކަން ސާފުކޮށް އެނގި ކޮމިޝަނަކީ ޤާބިލު މުވައްޒަފުންތަކެއް މަސައްކަތްކުރާ، ނަތީޖާ ނެރޭ މުއައްސަސާއަކަށް ވެގެންދާނެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: