ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ބިލުގެ ކަންކަން ކުރިއަށް ދަނީ ނުހަނު ރޭވުންތެރިކަމާއެކު: އަމީން ފައިސަލް

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދައިރާގެ މެމްބަރު އަމީން ފައިސަލް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާ ބިލުގެ ކަންކަން ކުރިއަށްދަނީ ނުހަނު ރޭވުންތެރިކަމާއެކުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު އަމީން ވިދާޅުވީ، މީޑިއާ ރެގިއުލޭޓަރީ ބިލު މީގެ ކުރިންވެސް މަޖިލީހަށް ހުށަހެޅި ކަމަށާއި، އޭރު ބިލު ބޭރުކޮށްލާފައިވަނީ ނޫސްވެރިންނާއި އެކި ފަރާތްތަކުން ކުރިމަތިވި ޕްރެޝަރ ގެ ސަބަބުން ކަމަށެވެ.

އަމީން ވިދާޅުވީ، މި ބިލު އެންމެ ބޮޑަށް ރައްދުވަނީ މީޑިއާތަކަށް ކަމަށާއި، ވީއިރު މީޑިއާތަކުގެ އެއްވެސް މަޝްވަރާއެއް ނެތި ފަހުން އަނެއްކާވެސް ބިލު ހުށަހެޅުމުން ސުވާލުތަކެއް އުފެދިފައިވާ ކަމަށެވެ. އެގޮތުން މި ބިލު ހުށަހެޅި މަޤްސަދާމެދުވެސް ސުވާލު އުފެދެނީ އެ ސަބަބާހުރެކަމަށް އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން، ބަންޑާރަނައިބު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މި ބިލު ބޭރުކޮށްލައްވާނެ ކަމަށް ވިދާޅެއް ނުވި ކަމަށާއި، މަޖިލީހުގައި ޕީއެންސީ މެމްބަރުންވެސް ވަކާލާތު ކުރެއްވީ ބިލާ އެއްކޮޅަށްކަން ފާހަގަ ކުރައްވައި އަމީން ވިދާޅުވީ، އެކަންކަމުން އެނގެނީ ބިލު ހުށަހެޅުމުގެ ފަހަތުގައި ސަރުކާރުގެ އަތެއްވާކަން ކަމަށެވެ.

މިކަންކަން މިގޮތަށް ހުރީމަ އަޅުގަނޑު މި ފާހަގަ ކުރަނީ މި ބުނަނީ އަސްލު މި ބިލަކީ ސަރުކާރުން ސްޕޮންސަރ ކޮށްގެން ވެރިކަމުގެ ގިނަ ކަންކަން ޓެސްޓު ކުރުމަށް ގެނައި ބިލެކޭ

އަމީން އިތުރަށް ވިދާޅުވީ، ލާމަރުކަޒީ ޤާނޫނުގެ ކަންކަންވެސް ދިޔައީ ހަމަ އެ އުސޫލުން ކަމަށެވެ. އަދި މިހާރު ގެނެސްފައިވާ މީޑިއާ ބިލުގެވެސް ހަގީގީ ބޭނުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ތަޅު އެޅުވުންކަމަށް އަމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިއީ ސަރުކާރުގެ ބައިވެރިވުމެއް ނެތި ކުރިއަށްދާ ބިލެއްކަން ޤަބޫލުކުރަން ނުހަނު ދަތި ކަމަށެވެ.

މީގެ އިތުރުން، މި ބިލަށް އިސްލާޙެއް ގެންނާނެކަމަށްވެސް ޤަބޫލު ނުކުރެވޭކަމަށް އަމީން ވިދާޅުވިއެވެ. އެގޮތަށް ދެކިލައްވާ ސަބަބެއްގެ ގޮތުގައި ވިދާޅުވީ މަޝްވަރާގެ އުސޫލު އިސް ކުރުމަށް ޕީއެންސީގެ މެމްބަރުން ބޭނުންނުވާކަމަށެވެ. އަދި ވިދާޅުވީ، މި ބިލުގެ ކަންކަން މަޖިލީހުގައި ކުރިއަށްދަނީ ނުހަނު ރޭވިގެންކަން ފާހަގަ ކުރެވޭ ކަމަށެވެ.

މީޑިއާ ކޮމިޝަނެއް އުފައްދަން ޖެހޭކަމަށް ބިލުގައި ބަޔާންކޮށްފައިވާއިރު، އެކަމަށް އަލިއަޅުވާލައްވާ އަމީން ވިދާޅުވީ، މީޑިއާ ކޮމިޝަނަށް ސަރުކާރުގެ ނުފޫޒު ވަންނާނެކަމާމެދުވެސް ޝައްކެއް ނެތް ކަމަށެވެ. އެގޮތުން މިހާރުވެސް އެ މަންޒަރުތައް ފެންނަމުންދާކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވަނީ މި ބިލުގެ ކަންކަން ކުރިއަށްދާގޮތާމެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: