ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް މެމްބަރުންގެ މާލީ ބަޔާން އާންމު ކުރަން ފަށައިފި

ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްގައި މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާނުގެ ރިޕޯޓު އާންމު ކުރަން ފަށައިފި އެވެ.

މަޖިލިސް ވެބްސައިޓު ދައްކާ ގޮތުގައި މިހާތަނަށް މާލީ ބަޔާން ލިބުނު މެމްބަރުންގެ ރިޕޯޓުތައް ވަނީ އާންމުކޮށްފަ އެވެ. އަދި އިތުރު ރިޕޯޓުތައް ލިބެމުންދާ ވަރަކުން، ރިޕޯޓު އާންމު ކުރަމުން ގެންދާނެކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތު ދެއެވެ.

މަޖިލީހުގެ ގަވައިދަށް 20 ވަނަ ދައުރުގައި ގެނައި އެއް އިސްލާހަކީ މަޖިލީހުގެ މެމްބަރުން އެ މެމްބަރެއްގެ މާލީ ބަޔާން ހުށަހަޅަން ޖެހުމެވެ. އެގޮތުން ހުރިހާ މެމްބަރުން ވެސް ކޮންމެ އަހަރެއްގެ އޮގަސްޓު 31 ގެ ނިޔަލަށް، މާލީ ބަޔާން ހުށަހަޅަން ޖެހޭނެކަމަށް ވެއެވެ. އެހެން ނަމަވެސް ވެބްސައިޓުގައި އެ ރިޕޯޓު އާންމު ކުރަން ޖެހޭނެ ވަކި ތާރީހެއް ހިމަނާފައި ނުވެއެވެ.

އެހެންކަމުން މިވަގުތު ވެބްސައިޓުގައި ފެންނަން ނެތީ، ރިޕޯޓު ހުށަނާޅާ މެމްބަރުންތޯ ނުވަތަ ނޫންތޯ އަދި ސާފެއް ނޫނެވެ.

ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މާލީ ބަޔާން ރިޕޯޓުތައް ދައްކާ ގޮތުން، ހުރިހާ މެމްބަރުން ވެސް ތަފްސީލުތައް ހިމަނާފައި ވަނީ އެކަމަށް ހާއްސަކޮށްފައިވާ ވަކި ފޯމެޓެއްގަ އެވެ. އެ ފޯމެޓުގައި ވަނީ، އާމްދަނީއާއި ހަދިޔާ އަދި އެހީއާއި މުދަލަށް ވަކި ހާއްސަ ބައެކެވެ. އަދި ނަގުދު ފައިސާގެ ގޮތުގައި ލިބިފައިވާ ފައިސާއާއި، އަމިއްލަ ނަމުގައި ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތަކުގައި ހުރި ބެލެންސްތައް ވަކިވަކީން ތަފްސީލު ކުރުން އަދި އަދާނުކޮށް ހުރި ދަރަންޏާއި، ލޯނަށް ވަކި ބައެކެވެ.

އޭގެ އިތުރަށް މެމްބަރުގެ ނަމުގައި ބޭނުން ކުރަމުންދާ ކްރެޑިޓު ކާޑާއި، ޕާޓްނާޝިޕާއި ކުންފުނީގެ ހިއްސާ އަދި ހަރު މުދާ ވިއްކައިގެން ލިބުނު ފައިސާ ވެސް ތަފްސީލު ހިމެނެ އެވެ.

ބައެއް މެމްބަރުންގެ މާލީ ބަޔާންތައް ދައްކާ ގޮތުން، އެ މެމްބަރުންނަށް މަޖިލީހުގެ މުސާރަ ނޫނީ އިތުރު އެއްވެސް އާމްދަނީއެއް ނުލިބެ އެވެ. އަދި ބައެއް މެމްބަރުންގެ ބީއެމްއެލްއާއި، އެމްއައިބީގައި ހުރި މަދު ފައިސާއެކެވެ.

މެމްބަރުންނަށް ހަދިޔާއެއްގެ ގޮތުގައި ލިބުނު ފައިސާއާއި، މުދަލުގެ ތަފްސީލުތައް މާލީ ބަޔާނުގައި ސަބަބާއި އެކު ބަޔާންކޮށްފައި ހުރި ނަމަވެސް އެއީ ކޮން ބައެއް ނުވަތަ ބޭފުޅެއްގެ ފަރާތުން ލިބުނު އެއްޗެއްކަން ހާމަކޮށްފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: