ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެކިބަސް ދިނުމަށްފަހު ރުޖޫއަވިނަމަވެސް، އެއަށް ދޭންޖެހޭ ބުރަދަން ދަށްވާނެތޯ ނުވަތަ ނޫންތޯ ދެނެގަތުން މުހިއްމު: ޕީޖީ

2017 ވަނަ އަހަރު ހިނގި މާރާމާރީއެއްގައި ދައުވާ ލިބުނު މުޙައްމަދު ނާޒިޝް ނާޒިމްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް  ކޯޓުން ކުރި ޙުކުމުގެ އިސްތިއުނާފު
ޝެއާރކޮށްލާ ކަހަލަދޯ؟

ހެކިބަސް ދިނުމަށްފަހު އެ ހެކިބަހުން ރުޖޫއަވާ ޙާލަތްތަކުގައިވެސް އެ ހެކިބަހަށް ރިއާޔަތް ކުރެވޭނެ ޙާލަތްތައް ހުންނާނެ ކަމަށް މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ކަމަށާއި، އެކަމަށް ރިއާޔަތް ކުރުން މުހިއްމުކަމަށް ދައުލަތުން ބުނެފިއެވެ.

ދައުލަތުން އެހެން ބުނެފައިވަނީ 2017 ވަނަ އަހަރު ހިނގި މާރާމާރީއެއްގައި ދައުވާ ލިބުނު މުޙައްމަދު ނާޒިޝް ނާޒިމްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް  ކޯޓުން ކުރި ޙުކުމުގެ އިސްތިއުނާފު އަޑުއެހުމުގައެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލީ ގްރޫޕު ހަދައިގެން ގޮސް މުޙައްމަދު ޝިޔަމް ނަމަކަށް ކިޔާ މީހަކަށް ޙަމަލާދީ މާރާމާރީ ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭތީއެވެ. އެގޮތުން އޭނާގެ މައްޗަށް އުފުލީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ އިސްތިއުނާފުގައި ދައުލަތުން ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. އެއީ ކްރިމިނަލް ކޯޓުގެ ނިންމުމަކީ ފަނޑިޔާރުންގެ ޤާނޫނާއި ހެއްކާ ބެހޭ ޤާނޫނު އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އަދި 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ.

ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވި މައިގަނޑު އެއް ސަބަބަކީ ސިއްރު ހެކިވެރިޔާ 4 ގެ އަދުލުވެރިކަމާމެދު ސުވާލު އުފައްދާފައިވާތީއެވެ. އަދި ހެކިވެރިޔާ ބަޔާންކުރި ކަންކަމާއި ސީސީޓީވީ ފުޓޭޖުން ފެނުނު ކަންކަންވެސް ދިމާނުވާކަމަށް ބުނެއެވެ.

އެހެންނަމަވެސް ދައުލަތުން ހެކީގެ ގޮތުގައި މި މައްސަލައިގައި ޙާދިސާގެ މަންޒަރު ލޮލަށް ފެނުނު 4 ސިއްރު ހެކިވެރިން ހުށަހަޅާފައިވާނެ ކަމަށާއި، އެ ހެކިވެރިން ދައުވާލިބޭ މީހުން ދެނެގަނެފައިވާ ރިޕޯޓުތަކާއި، ސޯކޯ ރިޕޯޓުތަކުގެ އިތުރުން، މެޑިކޯ ލީގަލް ރިޕޯޓުތައްވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވާނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މި މައްސަލަ ދަށު ކޯޓުގައި ކުރިއަށްދިޔައިރު، ޚުލާސާ ބަޔާންވެސް އިއްވައި، ޝަރީއަތުގެ އަޑުއެހުންތައްވެސް ނިމިފައިވަނިކޮށް ސިއްރު ހެކިވެރިޔާ 4 ގެ ސިޓީއަކާ ގުޅިގެން އަޑުއެހުންތަކެއް އަނެއްކާވެސް ބޭއްވިއެވެ. އެއީ އޭނާ ހެކިބަސް ދިނީ މަޖުބޫރުވެގެންކަމަށް ބުނެފައިވާތީއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ސިއްރު ހެކި 4 ހެކިބަސް ދިނީ ދައުލަތުން މަޖުބޫރުކޮށްގެންކަމަށް ބުނާއިރު، ހެކިބަސް ދިނުމަށްފަހު އެގޮތަށް ހެކިބަހުން ރުޖޫއަވާއިރު، އެއަށް ދޭންޖެހޭ ބުރަދަން ދަށްވާނެތޯ ނުވަތަ ނޫންތޯ ދެނެގަތުން މުހިއްމުވާނެކަމަށް ދެކޭކަމަށެވެ. އަދި ވިދާޅުވީ، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުގައިވެސް ހެކިބަސް ދިނުމަށްފަހު ރުޖޫއަވިނަމަވެސް އެ ހެކިބަހަށް ރިއާޔަތް ކުރެވޭނެކަމަށް ނިންމާފައި އެބަހުރިކަމަށެވެ.

މި އަޑުއެހުމުގައި ނާޒިޝްގެ ފަރާތުން އެދުނީ ވަކީލެއްގެ ފުރުސަތު ދިނުމަށެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުން ވިދާޅުވީ، ކޯޓުގެ ތާވަލު ހުރި ގޮތުން ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ ގާތްގަނޑަކަށް 10 ވަރަކަށް ދުވަސް ފަހުން ކަމަށާއި، އެހާތަނަށް ވަކީލެއްގެ ފުރުސަތު އެބައޮތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: