ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ފާލުން ނެއްޓި ރައްޔިތުންނަށް ގެއްލުންދޭނަމަ އެހެން ޕާޓީތަކާއެކުވެސް އެމްޑީޕީން ނުކުންނާނެ: އަމީން

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދައިރާގެ މެމްބަރު އަމީން ފައިސަލް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ފާލުން ނެއްޓި ދިވެހި ރައްޔިތުންނަށް ގެއްލުންވާގޮތަށް ކަންކަން ކުރާނަމަ އެހެން ސިޔާސީ ޕާޓީތަކާ ގުޅިގެންވެސް އެމްޑީޕީން ނުކުންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު އަމީން ވިދާޅުވީ، މިހާރު މި ދާ ވެރިކަން ފާލުން ނެއްޓި ދިވެހި ރައްޔިތުންނަށް ގެއްލުންވާގޮތަށް ކަންކަން ކުރާނަމަ އެކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ކޮންމެ ސިޔާސީ ޕާޓީއަކާ ގުޅިގެންވެސް މަސައްކަތްކުރަން އެމްޑީޕީން ތައްޔާރުކަމަށެވެ. އެގޮތަށް އެމްޑީޕީގެ ޤައުމީ މަޖިލީހުންވެސް އިޤުރާރުވެފައިވާކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، މި ސަރުކާރުގައި ހިނގާފައިވާ ކޮރަޕްޝަންތަކާއި، ލާމަރުކަޒީ ޤާނޫނަށް ދިން ޙަމަލާތަކާއި، އެފަދަ އެތައް ކަންކަމެއްގައި އެމްޑީޕީން ނުކުމެ އަޑު އުފުލާފައިވާނެ ކަމަށާއި، އެކަންކަން ކުށްވެރިވެސް ކޮށްފައިވާނެކަމަށެވެ.

މަޖިލިސް ތަޅުމުގައިވެސް އަޅުގަނޑުމެން އެކަމުގެ ހިތްހަމަނުޖެހުން ފާޅުކުރިން، މީޑީއާތަކުގައިވެސް އެ ކަންބޮޑުވުން ފާޅުކުރިން

މީގެ އިތުރުން، ޕީއެންސީގެ އިސް ބޭފުޅުންނާ ބައްދަލުކޮށްގެންވެސް އެ ކަންކަމުގައި ޙައްލެއް ހޯދޭތޯ މަސައްކަތް ކުރައްވާފައިވާނެކަމަށް އަމީން ވިދާޅުވިއެވެ. އެގޮތުން ނޫސްވެރިކަން ރެގިއުލޭޓު ކުރުމުގެ ބިލުގެ ކަންކަމުގައިވެސް ކަން ހިނގާފައިވަނީ އެ މަގުންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެމްޑީޕީގެ ވެރިކަމުގައިވެސް މީޑިއާތައް ޖޫރިމަނާ ކޮށްފައިވާކަމަށް ޕީއެންސީގެ ބައެއް މެމްބަރުން ވިދާޅުވާތީ އެކަމަށް ރައްދު ދެއްވައި އަމީން ވިދާޅުވީ، އޭރު އިދިކޮޅު ފަރާތްތަކުން ތެދުދޮގު ނުބަލައި ޤައުމީ ސަލާމަތަށްވެސް ނުރައްކާވާގޮތަށް ވާހަކަތައް ދައްކާފައިވާ ކަމަށާއި، ނޫސްތަކުން އެފަދަ ރިޕޯޓުތައްވެސް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، މި ބިލަށް އިސްލާޙެއް ގެންނާނެކަމަށްވެސް ޤަބޫލު ނުކުރެވޭކަމަށް އަމީން ވިދާޅުވިއެވެ. އެގޮތަށް ދެކިލައްވާ ސަބަބެއްގެ ގޮތުގައި ވިދާޅުވީ މަޝްވަރާގެ އުސޫލު އިސް ކުރުމަށް ޕީއެންސީގެ މެމްބަރުން ބޭނުންނުވާކަމަށެވެ. އަދި ވިދާޅުވީ، މި ބިލުގެ ކަންކަން މަޖިލީހުގައި ކުރިއަށްދަނީ ނުހަނު ރޭވިގެންކަން ފާހަގަ ކުރެވޭ ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: