ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫގައި އަޅާފައިވާ 200 ރޯހައުސް ބޭނުންވާ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫގައި އަޅާފައިވާ 200 ރޯހައުސްއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން އަޅާފައިވާ ރޯހައުސްތަކަކީ ތިން ކޮޓަރީގެ، 700 އަކަފޫޓުގެ ޖާގައިގެ ދެ ފަންގިފިލާގެ އިމާރާތްތަކެކެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށިފައިވަނީ 2022 ވަނަ އަހަރުގައެވެ. ކޮންމެ ފްލެޓެއްގެ އަގަކީ 1.2 މިލިއަން ރުފިޔާއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސްރީ ލަންކާގެ ސިއެރާ ކޮންސްޓްރަކްޝަނާއި ސްޓާ ކޮންސްޓްރަކްޝަން އެންޑް އިންޖިނިއާސްގެ ޖޮއިންޓް ވެންޗަރއަކުންނެވެ.

މި ރޯހައުސްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހާ ހަމައަށެވެ. ހުށަހެޅުންތައް ބަލައިގަނެވޭނީ ޕޯޓަލް މެދުވެރިކޮށެވެ.

މި ރޯހައުސްތަކަށް ކުރިމަތިލެވޭނީ:

  • އުމުރުން 18 އަހަރު ފުރިފައިވާ ގދ. އަތޮޅުގެ މީހުންނަށް
  • ތިނަދުއަށް ހިޖުރަކޮށް މެދުނުކެނޑި 10 އަހަރު އުޅެފައިވާ މީހުންނަށް
  • މަހަކަށް ޖެހޭ ޖުމްލަ އާމްދަނީ 60,000 ރުފިޔާއަށްވުރެ އިތުރުނުވާ ފަރާތްތަކަށް
  • 600 އަކަފޫޓް ނުވަތަ އެއަށްވުރެ ބޮޑު އެއްމެދު އިމާރާތެއް ގަނެފައި ނުވުން
  • ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ ފްލެޓެއް ލިބިފައި ނެތުން
  • ތިން އަހަރު ތެރޭ 600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ބޯހިޔާވަހިކަމެއް އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކާފައި ނުވުން

މި މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ތެރެއިން އަތޮޅުތެރޭގެ ރައްޔިތުންނަށް ފަހި ބޯހިޔާވަހިކަމުގެ ނިޒާމެއް ގާއިމްކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިއަހަރުގެ ބަޖެޓުވެސް އެކުލަވާލެވިފައިވަނީ ”ބޯހިޔާވަހިކަމުގެ ބަޖެޓު“ ގެ ގޮތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: