ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ބަދަލުކުރެވޭނީ ރައްޔިތުންގެ ބައިވެރިވުން އޮވެގެން: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ބަދަލުކުރުމަކީ އެމްޑީޕީއަށް އެކަނި ކުރެވޭނެ ކަމެއް ނޫންކަމަށާއި އެކަން ކުރެވޭނީ ރައްޔިތުންގެ ބައިވެރިވުން އޮވެގެންކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ގައުމީ މަޖިލީސް ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެމްބަރު މައުރޫފްވަނީ ކެންދޫއިން އަޑީތެޔޮ ހުސްވެގެން ކަރަންޓު ނެތް ހާލަތު މެދުވެރިވިކަން ހާމަކުރައްވާފައެވެ. ނަމަވެސް ރައީސް ޑރ މުއިއްޒު އެ ގައުމަށް ކުރެއްވި ދަތުރުފުޅަށްފަހު އިތުރު 16 މީހަކު ސަރުކާރުގެ ވަޒީފާތަކަށް ނަގާފައިވާކަމަށާއި ކަރަންޓު ދޭންޖެހުނީ ކައިރި ދޯނިތަކުން އަޑީތެޔޮ ނަގައިގެންކަމަށް ފާހަގަކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، ބ އަތޮޅުގެ އަތޮޅު ކައުންސިލުންވަނީ ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި މާލެއަށް މުޒާހަރާކުރުމަށް އައުމަށް ނިންމާފައިކަމަށާއި އެއީ ހިތްވަރުގަދަ ނިންމުމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ. އެހެންކަމުން އެ ނިންމުމާއި އެއްގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލަކުންވެސް އަމަލުކޮށް މާލޭގައި އެއްވުމެއް ކުރިއަށް ގެންދިއުމަށް އައުމަށް ގޮވާލައްވާކަމަށެވެ.

މައުރޫފް ވިދާޅުވީ، މިހާރު އޮތް ވެރިކަމަކީ އެމްޑީޕީގެ އިސް ލީޑަރުން ނުވަތަ މަޖިލީސް މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުންނަށް އަކަނިކުރެވޭނެ ކަމެއް ނަމަ ކޮށް ނިންމާނެކަމަށެވެ. ނަމަވެސް މިއީ އެކަނި ކުރެވޭނެ ކަމެއް ނޫންކަމަށާއި ދިވެހި ރައްޔިތުން މިކަމަށް އެދެމުންދާއިރު ރައްޔިތުންގެ ބައިވެރިވުމާއިއެކު ނޫނީ ނުކުރެވޭނެކަމަށެވެ.

މެމްބަރު ވިދާޅުވީ، ސަރުކާރު ހަމަ މަގަކަށް އެޅުވޭނީ ރައްޔިތުންގެ އެއްބާރުލުން ލިބެންކަމަށާއި އެހެންކަމުން އޮކްޓޫބަރު 3 ވަނަ ދުވަހުގައި އެމްޑީޕީން ބޭއްވުމަށް ނިންމާފައިވާ އެއްވުމުގައި ބައިވެރިވެވަޑައިގަތުމަށް ގޮވާލައްވާކަމަށެވެ. މައުރޫފް ވިދާޅުވީ، ރައްޔިތުން ރައީސް ޑރ މުއިއްޒު ހޯދައި ވެރިކަމަށް އައުމަށް އެދިފައިނުވާކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށްވުރެ ރަނގަޅަށް ވެރިކަން ކުރެވޭނެކަމަށް ބުނެ އެމަނިކުފާނު އަމިއްލަފުޅަށް ނުކުމެވަޑައިގަތީކަމަށެވެ. އަދި ބޮޑެތި ދޮގު ވައުދުތަކެއްވިކަމަށާއި އެއީ ދިވެހި ރައްޔިތުން ބުނެގެން ކުރިކަމެއް ނޫންކަމަށެވެ.

މައުރޫފް ވިދާޅުވީ، ރައީސް އިސްތިއުފާދެއްވުމަށްފަހު ގެއަށް ވަޑައިގަތުމަށް ގޮވާލައްވާކަމަށާއި މިވެރިކަން ފެށުމުގެ ކުރިން ރައްޔިތުން ބޭހަށް ސަލާން ޖަހަން ނުޖެހޭކަމަށެވެ. އަދި މަސްކިލޯއެއްގެ އަގުވެސް މިހާރު ހުރި މިންވަރަށްވުރެ މަތިކަމަށާއި ޑޮލަރުގެ އަގު ދަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: