ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ މިއަހަރު ނިމުމުގެ ކުރިއަށް އިބަމަ ޕްރޮގްރާމް ހުރިހާ އަތޮޅެއްގައި ފެށުން: މިނިސްޓްރީ

ޝެއާރކޮށްލާ ކަހަލަދޯ؟

އަމާޒަކީ މިއަހަރު ނިމުމުގެ ކުރިއަށް އިބަމަ ޕްރޮގްރާމް ހުރިހާ އަތޮޅެއްގައި ފެށުން ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި މިނިސްޓްރީގެ ފަރާތުން ބުނެފައިވަނީ ރަށްރަށުގައި ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަންނާނެ ގޮތާއި، އެފަރާތްތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތުގައި އިބަމައިގެ މެންބަރުންނަށް ކުރެވޭނެ ކަންކަމާއި، އެ މަސައްކަތްތައް ކުރުމަށް މެންބަރުންނަށް ބޭނުންވާނެ ތަފާތު އެކި ހުނަރާއި ގުޅޭގޮތުންވެސް މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ހަމަ މި ޕްރޮގްރާމްގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެ ފަރާތްތަކުގެ ހާލަތު ވަޒަންކުރާނެ ގޮތާއި، ހާލަތު ރަނގަޅުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ޕްލޭން އެކުލަވާލައި ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތުވެސް މި ތަމްރީނު މެދުވެރިކޮށް ބައިވެރިންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އިބަމައިގެ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، މި މަސައްކަތް އިތުރަށް ފުރިހަމަކުރުމަށްޓަކައި އެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތައްވެސް ރާވައިފައިވާ ކަމަށް މިނިސްތްރީން ވަނީ ބުނެފައެވެ. އަދި އެ ގޮންޖެހުންތަކުން އަރައިގަނެ ނާޒުކު ހާލަތުގައި ދިރިއުޅޭފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަމާޒު ކަމަށެވެ.

މިވަގުތު މަސައްކަތްތައް ކުރިއަށްދަނީ ތ އަތޮޅުގައި ކަމަށާއި އެ އަތޮޅުގައި 13 ރަށެއް އޮންނަ ކަމަށާއި، އެއަތޮޅުގައި މަސައްކަތްތައް ކުރުމަށް ވަގުތު ނަގާނެ ކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް 2 މަހުގެ ތެރޭގައި މަސައްކަތްތައް ނިމޭނެ ކަމަށާއި އަދި ބާކީ ނުނިމި ހުރި އަތޮޅުތައް ވެސް ވިހާވެސް އަވަހަށް ނިމޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ރަށްރަށުގައި އިބަމައިގެ ގުރޫޕުތައް ގާއިމް ކުރުމަށް އޮންލައިންކޮށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: