ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި 3000 މީހުންގެ ޖާގައިގެ ދެ މިސްކިތް ގާއިމްކުރުމަށް ބިން ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު ދެ މިސްކިތް ގާއިމްކުރުމަށް ބޭނުންވާ ބިން ހަވާލުކުރުމަށް އެޗްޑީސީއާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދުއެވެ.

މި އެއްބަސްވުމުގެ ދަށުން، އެޗްޑީސީން ވަނީ ދެ މިސްކިތް ގާއިމްކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން، 27،920 އަކަފޫޓުގެ ބިމެއް އަދި 20،720 އަކަފޫޓުގެ ބިމެއް މިނިސްޓްރީއާ ހަވާލުކޮށްފައެވެ.

ތިން ފަންގިފިލާއަށް އިމާރާތްކުރާ މި ދެ މިސްކިތަކީވެސް 2500 އާއި 3000 އާ ދެމެދުގެ މީހުންގެ ޖާގައިގެ ދެ މިސްކިތެކެވެ. މިއީ، ހުޅުމާލޭގައި އަލަށް މީހުން އާބާދުވާ ސަރަހައްދުތަކުގައި ވަސީލަތްތައް ގާއިމްކުރުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދެވޭ މުހިންމު މަޝްރޫއެކެވެ.

އެޗްޑީސީގެ އަމާޒަކީ، ހުޅުމާލެއަކީ ހިތްފަސޭހަ އަދި ރައްޔިތުންނަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ގާއިމްވެފައިވާ އައިލެންޑް ސިޓީއަކަށް ހެދުމެވެ. އެގޮތުން، ހުޅުމާލޭގައި އާންމުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް ސަރުކާރުގެ އިދާރާތަކާ ގުޅިގެން އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: