ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދިނުމުގައި ރަށުގެ ބޮޑުމިނަށް ބެލޭ ގޮތަށް ބަދަލު ގެންނަނީ

ރައީސުލްޖުމްހޫރިއްޔާ ހދ. އަތޮޅު ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކުގެ ބްލޮކް ގްރާންޓްގެ ގޮތުގައި ފައިސާ ދޭނެ މިންވަރު ކަނޑައެޅުމުގައި އާބާދީއަށް ބެލުމުގެ ބަދަލުގައި، ރަށުގެ ބޮޑުމިނަށް ރިއާޔަތް ކުރެވޭނެ ގޮތަށް އުސޫލަށް ބަދަލު ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މި ބަދަލުގެ ސަބަބުން، ކުރިން އާބާދީ ކުޑަ ރަށްތަކަށް ކުރިމަތިވި މާލީ ދަތިކަން ކުޑަވެ، މުނިސިޕަލް މަސައްކަތްތައް ފަސޭހަވެގެން ދާނެއެވެ.

ލާމަރުކަޒީ ޤާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ އާންމު ހިލޭ އެހީގެ ފައިސާ ނުވަތަ ބްލޮކް ގްރާންޓް ފޯރުކޮށްދޭ ފިސްކަލް ފޯމިއުލާގައިވާ ގޮތުން، އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދެވެ. މިކަމުގެ ސަބަބުން، އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި ކުރަންޖެހޭ މުނިސިޕަލް މަސައްކަތްތައް ގިނަކަން ފާހަގަކުރެވެއެވެ.

ނަމަވެސް، މި ފޯރމިއުލާގެ ސަބަބުން މިފަދަ ރަށްރަށުގެ ކައުންސިލްތަކަށް މާލީ ގޮތުން ގެއްލުންތަކެއް ވަމުންދެއެވެ.

މިކަން ހައްލުކުރެއްވުމަށް ރައީސް މުއިއްޒު ވަނީ، ބްލޮކް ގްރާންޓުގެ ފިސްކަލް ފޯމިއުލާ މުރާޖައާ ކުރައްވައި، ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލު ގެންނެވުމަށް ނިންމަވާފައެވެ. އެގޮތުން، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު، މި ބަދަލާ އެކު، އާ ފޯމިއުލާގެ ދަށުން ކައުންސިލްތަކަށް ފައިސާ ދިނުމަށް ހުށަހެޅުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: