ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުން ހުށަހަޅާ ކަންކަމަށް މި ސަރުކާރުން އަމަލީ ސިފައެއް ގެނެސްދޭނެ: އާދަމް ޝަރީފް

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވައި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމުގެ ގޮތުން، ބްލޮކް ގްރާންޓް ދިނުމަށް ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯމިއުލާއަށް ބަދަލު ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.

މި ނިންމެވުމާއި އެކު 2026 ވަނަ އަހަރުން ފެށިގެން، ކައުންސިލްތަކަށް ބަޖެޓު ކަނޑައަޅައި، އެހީދޭ އުސޫލުގައި ރަށުގެ އާބާދީގެ އިތުރުން ރަށުގެ ބޮޑުމިނަށްވެސް ރިއާޔަތް ކުރެވޭނެއެވެ.

މި ނިންމެވުމާއި ގުޅިގެން އާދަމް ޝަރީފް ވަނީ ރައީސަށް މަރުހަބާ ވިދާޅުވެ، ކައުންސިލްތަކާއި ބައްދަލު ކުރައްވައި މިދިޔަ ދޮޅު އަހަރެއްގެ ތެރޭގައި ކުރެވުނު މަސައްކަތްތަކަށް ތައުރީފު ކުރައްވާފަ އެވެ.

އާދަމް ޝަރީފު ވިދާޅުވީ، މިއީ ރައީސް މުއިއްޒު ރަށްރަށަށް ކުރައްވާ ޒިޔާރަތުގައި ކައުންސިލްތަކުން ހުށަހަޅުއްވާ ކަންކަމަށް އަމަލީ ސިފަ ގެނެސްދެއްވާކަމުގެ ހެއްކެއް ކަމަށެވެ.

އާދަމް ޝަރީފް ފާހަގަކުރެއްވި ގޮތުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާވެ، ކައުންސިލްތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތައް އިތުރު ކުރެވޭނީ، މާލީ ގޮތުން ކައުންސިލްތައް ބާރުވެރިވެ، ދެމެހެއްޓެނިވި ގޮތުގައި އާމްދަނީ އިތުރު ކުރެވޭނެ ވިސްނުންތަކެއް އުފަން ކުރެވިގެންނެވެ. އަދި ރައްޔިތުން ބޭނުންވާ ހިދުމަތްތައް ދެވޭނެ ހަކަތަ ކައުންސިލްތަކުގައި ހުރެގެންކަމަށް ވެސް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސްގެ މި ސިޔާސަތުތަކުގެ ސަބަބުން، އިންސާފުވެރި ގޮތަކަށް ކައުންސިލްތައް މާލީ ގޮތުން ބާރުވެރިވާނެ ކަމަށެވެ.

ކައުންސިލްތަކާއި ގުޅޭ މި ނިންމުން ރައީސް މުއިއްޒު ނިންމަވާފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ބްލޮކް ގްރާންޓް ދިނުމަށް ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯމިއުލާގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދުވެ، އެކައުންސިލްތަކަށް ގެއްލުން ލިބޭކަން ފާހަގަ ކުރެވިފައިވާތީ އެވެ.

މި ބަދަލު ގެނެވުމުގެ މައިގަނޑު ސަބަބަކީ އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދުނުވާތީ، އެފަދަ ކައުންސިލްތަކަށްވެސް އިންސާފުވެރިކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ސަރުކާރުން ވަނީ ބުނެފަ އެ ވެ.

މި ނިންމެވުމުގެ ދަށުން، 2026 ވަނަ އަހަރުން ފެށިގެން، ކައުންސިލްތަކަށް ހިލޭ އެހީ ދޭ ބްލޮކް ގްރާންޓުގެ ފިސްކަލް ފޯމިއުލާ މުރާޖައާކުރެވޭނެއެވެ.

މީގެ އިތުރުން، އަންނަ އަހަރުން ފެށިގެން ކައުންސިލްގެ ބަޖެޓުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ދެމުން އަންނަ ބަޖެޓް ދެގުނަ ބޮޑުކުރެއްވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: