ތްރައިވް ސޮސައިޓީގެ އިފްތިތާހީ ޖަލްސާ އަދި ފުރަތަމަ އަހަރީ އާންމު ޖަލްސާ (އޭޖީއެމް) ޖަލްސާ ބާއްވައިފި އެވެ.
ތްރައިވް ސޮސައިޓީއަކީ އަލަށް އުފައްދާފައިވާ އެންޖީއޯއެކެވެ.
މި ޖަމްޢިއްޔާގެ މަގްސަދަކީ ދިވެހިރާއްޖޭގައި ހުރި ސިއްހީ އަދި އިޖްތިމާއީ މައްސަލަތައް ދެނެގަނެ، އެކަންކަމަށް ދެމެހެއްޓެނިވި ހައްލުތައް ކުރިއާލާ ހޯދައި، ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމެވެ.
ޖަމިއްޔާގެ ފަރާތުން މިވަގުތު އެންމެ އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަމާއި، އެންޑޮމެޓްރިއޯސިސް އާއި ގުޅޭ ހޭލުންތެރިކަން އިތުރުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.
ތްރައިވް ސޮސައިޓީ އަކީ، ދިވެހިރާއްޖޭގެ ސިއްހީ އަދި އިޖުތިމާޢީ މައްސަލަތައް ދެނެގަނެ ދިރިއުޅުން ރަނގަޅުކޮށްދޭ ދެމެހެއްޓެނިވި އަދި ޕްރޮއެކްޓިވް ހައްލުތައް ހޯދައިދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެކެވެ.
ރާއްޖޭގެ އެތައް ބަޔެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި މުޖުތަމަޢުގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން ސީދާ އެހީތެރިކަން ފޯރުކޮށްދިނުމަށް ތްރައިވް ސޮސައިޓީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ނަފްސާނީ ދުޅަހެޔޮކަމާއި އެންޑޯމެޓްރިއޯސިސް ފަދަ ބަލިތަކަށް ޖަމިއްޔާގެ މަސައްކަތްތަކުގައި ބޮޑު ސަމާލުކަމެއް ދޭކަން ފާހަގަކުރެވެ އެވެ.
ޖަމިއްޔާގެ މަސައްކަތްތައް ހިންގުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީގައި ހިމެނެނީ، ތްރައިވް ސޮސައިޓީގެ ޗެއާމަން އުމަރް އަހުމަދު ހުސައިން އެވެ. އަދި ވައިސް ޗެއާމަން އަކަށް މަރިޔަމް ޝަކީބް އައްޔަން ކުރެވިފައިވާއިރު ޖެނެރަލް ސެކްރެޓަރީ އަކަށް އައްޔަން ކުރެވިފައިވަނީ މުހައްމަދު މުސާއިދް އެވެ. އަދި ރިޝާދާ ރަޝީދް ޓްރެޝަރ ގެ މަސައްކަތް ކުރައްވާއިރު މަރިޔަމް މަނިކް ހުންނަވަނީ އިންތިޒާމް ސެކްރެޓަރީގެ މަގާމުގައެވެ.
މީގެ އިތުރުން ޑރ. އިބްރާހިމް އަހުމަދު ރާޒީ، މަރިއަމް ސާދާ، ފާތިމަތް މިޒްނާ، އައިޝަތު ހަނާން، މުހައްމަދު ދީދީ އަދި އައިޝަތު ސުބާ ހިމެނެނީ އެގްޒެކެޓިވް މެންބަރުންގެ ގޮތުގައެވެ.
ތްރައިވް ސޮސައިޓީގެ ފައުންޑަރުންނަކީ އުމަރް އަހުމަދު ހުސައިންއާއި ޑރ. އިބްރާހިމް އަހުމަދު ރާޒީ އާއި މަރިޔަމް ސާދާ އެވެ.
މި ޖަމްއިއްޔާގެ ހިންގާ ކޮމެޓީއަށް މެމްބަރުން އައްޔަންކޮށްފައި ވަނީ ޖަމްއިއްޔާގެ މެމްބަރުންގެ މެދުގައި ނެގުނު ވޯޓުންނެވެ. މި ވޯޓުލުން ބޭއްވުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަމްއިއްޔާގެ ފުރަތަމަ އަހަރީ ބައްދަލުވުމުގައެވެ.
ތްރައިވް ސޮސައިޓީގެ އިލެކްޓެޑް ޗެއާމަން އުމަރު އަހުމަދު ހަސަން ވިދާޅުވި ގޮތުގައި، މެންޓަލް ހެލްތް ޕިއަރ ސަޕޯޓް ގްރޫޕް ބާއްވާނެ ޖާގަޔެއް ނުލިބިގެން ވަރަށް ގިނަ ފަރާތްތަކުގައި އެދެވުން ފަދަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ.
ނަމަވެސް، ވަރަށް ދުވަހުގެ މަސައްކަތުން، ”ޝީ“ އަދި ”ހޯޕް ފޯ ވުމަން“ މިކަމުގައި އެހީތެރިވެފައި ވެއެވެ. ޚާއްސަކޮށް މިފާއިތުވި އެއްއަހަރު ވަންދެން، ”ހޯޕް ފޯ ވުމަން“ އިން، ތްރައިވް ސޮސައިޓީގެ ކޮންމެ ހަފްތާއެއްގައި ބާއްވާ ފިޒިކަލް ސަޕޯޓް ގްރޫޕް ބޭއްވުމަށާއި އިވެންޓްތައް ބޭއްވުމަށް ދެއްވި އެއްބާރުލުން ފާހަގަކޮށް، އުމަރު އަހުމަދު ހަސަން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިއަދާއި ހަމައަށް، ތްރައިވް ސޮސައިޓިއިން އިންތިޒާމުކޮށްގެން ނަފްސާނީ ދުޅަހެޔޮކަމަށް އަލިއަޅުވައިގެން 50 ފިޒިކަލް މައުލޫމާތު ސެޝަންއާއި 15 އޮންލައިން ސެޝަން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މިއަދާ ހަމައަށް ތްރައިވް ސޮސައިޓީގެ ފިޒިކަލް އަދި އޮންލައިން ސަޕޯޓް ގްރޫޕްތަކުގައި 100 އަށްވުރެ ގިނަ ތަފާތު ބައިވެރިން ބައިވެރިވެފައި ވެއެ

