ސިބްކޯއިން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ސިބްކޯގެ ފިހަރާއެއް މާލޭގެ އިތުރުން ފުވައްލުމުލަކުގައި މިއަހަރު ހުޅުވާފައިވާއިރު މާލެއާއި ފުވައްމުލަކުގެ އައުޓްލެޓުގައި މި ޕްރޮމޯޝަން ކުރިއަށްގެންދާނެ ކަމަށް ސިބްކޯއިން މައުލޫމާތުދެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 1 އޮގަސްޓުން އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގައި ހޯލްސޭލްކޮށް ގަންނަ ކޮންމެ އަލްމުދިޝްގެ 800 ގުރާމާއި 1800 ގުރާމު އަދި 2250 ގުރާމުގެ ހިކިކިރު ޕެކެޓް އަދި 900 ގުރާމާއި 1800 ގުރާމު އަދި 2500 އަލްމުދިޝް ހިކިކިރު ދަޅާއެކު ސިބްކޯއިން އެތެރެކުރާ ޓެޓްލީ ސައިފަތް ޕެކެޓެއް ހިލޭ ލިބޭނެއެވެ.
ސިބްކޯއިން އަލަށް އެތެރެކޮށްގެން ވިއްކަމުންދާ ޓެޓްލީ އިނގިރޭސިވިލާތާއި ކެނެޑާ އަދި އިންޑިއާގައި މަޝްހޫރު ސައިފަތެކެވެ. ސިބްކޯއިން ޓެޓްލީ ސައިފަތުގެ ގިނަ ފްލޭވާރތައް ވިއްކަމުންދެއެވެ. އޭގެތެރޭގައި އޮރިޖިނަލް ރިއަލް ޓޭސްޓް ބްލެކް ޓީއާއި މަސާލާ ޗައި، ގްރީން ޓީ، ގްރީން ޓީ ލެމަން އެންޑް ހަނީ، ގްރީން ޓީ ޖިންޖަރ މިންޓް އެންޑް ލެމަން، ޖިންޖަރ ޒިންގަރ، ލެމަން ޓްވިސް، އެލައިޗީ އަދި ޓާޓާ ޓީ ޕްރީމިއަމް ބްލެކް ޓީ ހިމެނޭ ކަމަށެވެ.
މި ޕްރޮމޯޝަންއާއި ގުޅޭގޮތުން ސަންގު ޓީވީއަށް މައުލޫމާތުދެއްވަމުން ސިބްކޯގެ މެނޭޖަރ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް، އަޙުމަދު ހާނީ ނަޢީމް ވިދާޅުވީ ސިބްކޯގެ މި ޕްރޮމޯޝަންއަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ ތަރުޙީބަށް ބެލުމަށްފަހު މި ފަދަ ޕްރޮމޯޝަންތައް އިތުރުކުރާނެ ކަމަށް ހާނީ ވިދާޅުވިއެވެ.
ސިބްކޯ އަކީ ރާއްޖޭގެ ބާޒާރުގައި މަޝްހޫރު އަލްމުދިޝް ހިކިކިރާއި ޓޮމާޓޯ ޕޭސްޓް، ފަލަކް ބާސްމަތީ ރައިސް، މަމީ ޕޮކޯ ޕޭންޓްސް، ގުޑްޑޭ ޔޫއެޗްޓީ މިލްކް، އަދި ޑިއުރަސެލް ބެޓަރި ފަދަ ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރއެވެ.