ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރިޔާގެ ބޭއަދަބީ ބަސްފުޅެއް ރައީސް ޔާމިނަށް އަމާޒުކޮށްފި!

މިނިސްޓަރ މާރިޔާ... ފޮޓޯ:ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބޭއަދަބީ ބަސްތަކުން ރައްދުު ދެއްވައި ޓުވީޓެެއް ކުރައްވައިފިއެވެ.

މާރިޔާ ކުރެއްވި ޓުވީޓްގައި ވަނީ ރައީސް ޔާމިނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

މިނިސްޓަރ މާރިޔާ މިގޮތަށް ޓްވީޓް ކުރެއްވީ ޕްރޮގްރެސިވް ކޯލިޝަނުން މ އަދި ފ. އަތޮޅުގެ ނުވަ ރަށަކަށް ފަށާފައިވާ ދަތުރުގައި، މ.މުލަކަށް ރައީސް ޔާމީން ވަޑައިގަންނަވާ ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

 

https://twitter.com/MariyaDidi/status/1174996507050668033

އެގޮތުން އެރަށަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގައި ވަޒީފާ އިން ވަކިކުރީ ސިޔާސީ މަގާމުތަކުގައި ތިބި މީހުން އެކަނި ކަމަށެވެ.

ކުންފުނިތަކާއި ސިވިލް ސާވަންޓުންގެ ފިކުރަކަށް އެމަނިކުފާނުގެ ވެރިކަމުގައި ނުބައްލަވާ ކަމަށާއި އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިދިކޮޅު ޕީޕީއެމްގެ ފިކުރުގެ ހުރިހާ ޒުވާނުން ވަޒީފާ އިން ވަކިކުރަމުން ދާ ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ.

ރައީސް ޔާމީންގެ އެވާހަކަފުޅު ތަކަށް ރައްދުދެއްވަމުން މާރިޔާ ވަނީ އަށާވަރަވަނަ ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ ބައެއް މެމްބަރުން ޕާޓީ ބަދަލުކުރެއްވުމުން، އެމެމްބަރުންގެ ގޮނޑި އެމަނިކުފާނު ގެއްލުވާ ނުލައްވަންތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

މީގެއިތުރުން ރައީސް ޔާމީން އެ މެމްބަރުން ޖަލަށް ވެސް ނުލައްވަވަންތޯ މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.

އެފަދަ ވާހަކަތައް ދައްކަވާ ބޭފުޅުންނަށް ދިވެހިން ކިޔައި އުޅޭ ނަމެއް ކަމަށް ވިދާޅުވެ ބޭ އަދަބީ ބަހެއް އެކަމަނާ ވަނީ ރައީސް ޔާމީނަށް ރައްދުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: