ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނީގެ މައްސަލަ ކުރިމަތިވީ ރައީސް ސާލިހުގެ ދައުރުގައި އަމަލު ކުރިގޮތުން: އަޒާން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދުދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ދަރަނީގެ މައްސަލަ ކުރިމަތިވީ މައިގަނޑު ގޮތެއްގައި ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އަމަލުކުރި ގޮތްތަކުގެ ސަބަބުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރްޒޫގު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ދަރަނީގެ މައްސަލައާއި ގުޅޭގޮތުން ކުރެއްވި ޕޯސްޓެއްގައި މެމްބަރު އަޒާން ވަނީ އިދިކޮޅު މައިޕާޓީގެ އެމްޑީޕީގެ ވެރިކަމުގެ ދައުރުގައި މާލީ މަސައްކަތްތައް ބެލެެހެއްޓުމުގައި އިހުމާލުތަކެއް ވެފައިވާކަމަށް އިޝާރާތް ކުރައްވާފައެވެ. އަޒާން ވިދާޅުވީ، ދަރަނީގެ ހާލަތު ގޯސްވުމަށް ދިމާވީ ރައީސް ސާލިހުގެ ދައުރުގެ އަމަލުތަކުގެ ސަބަބުންކަމަށެވެ. އަދި އެ ދައުރުގައި 2019 އިން 2023 ވަނަ އަހަރުގެ ނިޔަލަށް 56.7 ބިލިއަން ރުފިޔާ ދަރަންޏަށް އިތުރުވެގެން ދިޔަކަމަށާއި އެއީ ތާރީހުގައި ވެސް އެއް ދައުރެއްގައި މިގޮތަށް ދަރަނި އިތުރުވެގެންދިޔަ އެންމެ މަތީ މިންވަރުކަމަށް އަޒާން ވިދާޅުވި އެވެ.

ނަމަވެސް އެ އަދަދަށް މާލިއްޔާތުން ބޭނުންކުރިއިރު ނަތީޖާތަކެއް ފެންނަން ނެތްކަމަށާއި އެމްޑީޕީން ކުރި ހަރަދުތަކުގެ މައިގަނޑު ހިއްސާއެއް ބޭނުންކުރެވިގެންދިޔައީ އެއްވެސް އިގްތިސާދީ މަންފާއެއް އެކަމުން ހާސިލުވެގެން ނުދާނެ މަޝްރޫޢުތައް ހިންގުމަށްކަމަށެވެ. މީގެ ތެރެއިން ބޮޑު އަދަދެއް ކޮރަޕްޝަންގެ ތެރެއިން ގެއްލިގޮސްފައިވާކަމަށްވެސް ތުހުމަތުކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، އެމްޑީޕީގެ ދައުރުގައި ކުރި އަމަލުތަކުގެ ޒިންމާ އުފުލަންޖެހިފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށްކަމަށެވެ. ވޭތުވެދިޔަ 18 މަސް ދުވަހުގެ ތެރޭގައި ދަރަނިތައް އަދާކުރުމުގެ ގޮތުން 20 ބިލިއަނަށްވުރެ ބޮޑު އަދަދެއް ހޭދަވެފައިވާކަމަށްވެސް ހިއްސާކުރެއްވިއިރު އެއީ ތަރައްގީގެ މަސައްކަތްތަކަށް ބޭނުންކުރެވިދާނެ ފައިސާކަން ފާހަގަކުރެއްވިއެވެ.

އަޒާން ވިދާޅުވީ، މި ސަރުކާރުންވަނީ ރާއްޖެއިން ދަރަނީގެ ގޮތުގައި އެންމެ ބޮޑެތި އަދަދުތަކެއް ދައްކަންޖެހޭ ފަރާތްތަކާއި ދެމެދު ކާމިޔާބު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިކަމަށެވެ. މިގޮތުން ޗައިނާ އަދި އިންޑިއާއިން ނަގާފައިވާ ލޯނުތައް ފަސްކުރުމަށާއި ރީފައިނޭންސް ކުރުމަށް އެއްބަސްވުމަކަށް އާދެވިފައިވާކަމަށާއި މިއީ އެމްޑީޕީން 2022 ވަނަ އަހަރުގެ ތެރޭގައި ސަނީ ސައިޑް ބޮންޑުގެ ނަމުގައި އޮތް ދަރަންޏާއިމެދު އަމަލުކުރި ގޮތްކަމަށެވެ.

އައު ދިމާތަކުން ފައިސާ ހޯދުމުގައި ދަތިތައް ހުރިކަމަކީ ހަގީގަތެއްކަމަށްވެސް ފާހަގަކުރެއްވިއެވެ. ނަމަވެސް އެއީ މި ސަރުކާރުގެ ސަބަބުން ދިމާވި މައްސަލައެއް ނޫންކަން ސާފުކޮށްދެއްވިއެވެ. މެމްބަރު ވިދާޅުވީ، އެ ހާލަތު މެދުވެރިވީ ރާއްޖޭގެ އުފެއްދުންތެރިކަން ހުރި މިންވަރާއި އަޅާބަލާއިރު ދަރަނީގެ އަދަދުތައް މަތިވުމާއި ކްރެޑިޓް ރޭޓިންގް ދަށްވުމުގެ ސަބަބުންކަމަށެވެ. ނަމަވެސް ސުކޫކު ރީފައިނޭންސްކުރުމުން އެ ހާލަތުން އަރައިގަތުމުގެ މަސައްކަތްތަކުގައި ކުރިއެރުންތަކެއް ލިބިގެންދިއުމަށް އުންމީދުކުރެވޭކަމަށެވެ.

މިހާރު އެމްޑީޕީގެ ބައެއް އޮފިޝަލުން މާލީ ދާއިރާގެ މާހިރުންކަމަށް ސިފަވެގެންދާގޮތަށް ވާހަކަތައް ދައްކަމުންދާ އަޑު އިވިގެންދާކަމަށްވެސް ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ދައުރުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހުންނެވީ އދގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމުގައިކަމަށްވީއިރު ކޮންމެ އަހަރެއްގައިވެސް ހިލޭ އެހީގެ ގޮތުގައި ލިބިގެންދާނެކަމަށް އަންދާޒާކުރި މިންވަރުގެ 20 އިންސައްތަވެސް ހޯދުމުގައި ރައީސް ސާލިހުގެ ސަރުކާރު ފެއިލްވިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: