ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވްސް ފައިނޭންސް ފޯރަމް މި މަހުގެ 10 އެއްގައި ބާއްވަނީ

ޕެންޝަން އޮފީހުން ބޭއްވި ފޯރަމެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ކުރިޔަށް ގެންދާ ”މޯލްޑިވްސް ފައިނޭންސް ފޯރަމް“ ގެ 12 ވަނަ އެޑިޝަން 10 ސެޕްޓެންބަރު 2025 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ޕެންޝަން އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި ފޯރަމަކީ ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމުު ހަރުދަނާކޮށް ކުރިއެރުވުމަށް ޕެންޝަން އޮފީހުން ކުރަމުުންދާ މަސައްކަތުގެ ތެރެއިން މާލީ ދާއިރާގެ އިސް ފަރާތްތަކާ، އެހެނިހެން ސްޓޭކްހޯލްޑަރުން ބައްދަލުވެ، ޚިޔާލު ބަދަލުކޮށް، މަޝްވަރާ ކުރެވޭނެ ފުރުސަތު ފަހިކުރުމަށްޓަކައި ކުރިޔަށް ގެންދާ ފޯރަމެކެވެ.

ކޮންމެ އަހަރަކުވެސް ޚާއްސަ ތީމެއްގެ ދަށުން މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރެވޭގޮތަށް އިންތިޒާމްކުރެވިގެން ކުރިއަށް ގެންދާ ފައިނޭންސް ފޯރަމްގެ މި އަހަރުގެ އެޑިޝަން ޚާއްސަކޮށްފައިވަނީ ”ބިލްޑިންގް އަ ރެސިލިއެންޓް އެންޑް އިންކްލޫސިވް ކެޕިޓަލް މަރކެޓް“، މި މައުޟޫއަށެވެ.

މިއަހަރުގެ ފޯރަމްގައި ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓުގައި ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށާއި އާންމު ފަރުދުންނަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާއި ބެހޭގޮތުން ހިޔާލުބަދަލުކޮށް، މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، މި ތީމާ ގުޅޭ އެކި މައުޟޫއުތަކަށް ޕްރެސެންޓޭޝަންތަކާއި، ކީނޯޓް ސްޕީޗްތައް އަދި ޕެނަލް ޑިސްކަޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ފޯރަމްގައި ދިވެހިރާއްޖޭގެ މާލީ ދާއިރާގެ އިސްވެރިންނާއި ބޭރުގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: