ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންގެ ފީތައް ނުދެއްކުމުގެ ސަބަބުން 8000 އަށްވުރެ ގިނަ ފަރާތެއް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑް ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ބިދޭސީންނާ ގުޅުންހުރި އެކިއެކި ފީތައް ނުދައްކާ ތިބި 8000 އަށްވުރެ ގިނަ ފަރާތްތަކެއް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑް ކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އެންމެހައި އިދާރާތައް ގުޅިގެން މަސައްކަތް ކުރަން ފެށިއެވެ. މީގެ ތެރޭގައި ހިމެނެނީ:

  • ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުން
  • އެކްސްޕެޓް ސިސްޓަމް ހަރުދަނާކުރުން
  • ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުން
  • ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ގެނައުން

މާލީ ހިސާބުތައް

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ފާހަގަކޮށްފައިވާ ގޮތުގައި، ބިދޭސީންނާ ގުޅުންހުރި އެކިއެކި ފީތަކުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ވަޒީފާދޭ ފަރާތްތަކަށް އެއް މަސްދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެކްސްޕެޓް ޕޯޓަލްގެ ތެރެއިން އެފަރާތްތަކަށް ޚިދުމަތް ނުލިބޭގޮތަށް ސަސްޕެންޑް ކުރެވިފައިވެއެވެ. މިގޮތުން ރާއްޖޭގެ އެކްސްޕެޓް ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ 68,000 ވަޒީފާދޭ ފަރާތުގެ ތެރެއިން 8,900 ފަރާތް ވަނީ ސަސްޕެންޑް ކުރެވިފައެވެ.

ބޮޑެތި އަދަދުތަކުން ޖޫރިމަނާ ދައްކަންޖެހިފައިވާ ފަރާތްތަކަށް އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމުގެ ފުރުސަތު ދެވިފައިވެއެވެ. ކުރިން ކަނޑައެޅިފައިވާ އެއް އަހަރުގެ މުއްދަތު އޮކްޓޯބަރު މަހު ހަމަވާނެކަމަށާއި، މި މުއްދަތު އިތުރުކުރުމަށް ވުޒާރާއިން ވަނީ ނިންމަވާފައެވެ.

ބިދޭސީންނާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ މި ފިޔަވަޅުތަކަކީ ދިވެހިރާއްޖޭގައި ބިދޭސީން ގެންގުޅުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޤާނޫނީ އިމުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. މިކަމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހޯދުމަށާއި، ބިދޭސީންގެ ކަންކަން ހަރުދަނާ އުސޫލަކުން ބެލެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: