ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިން އަދަދު 1.5 މިލިއަނަށް!

ތިން އަހަރަށް ފަހު ޗައިނާ ފަތުރުވެރިން ރާއްޖެއަށް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިން އަދަދު 1.5 މިލިއަނަށް އަރައިފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާންމު ކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދައާ އަޅާކިޔާއިރު، 9.7 އިންސައްތަ އިތުރުވުމެކެވެ.

މިދިޔަ އަހަަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 1.3 މިލިއަން ފަތުރުވެރިންނެވެ.

މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ލިސްޓުގެ އެންމެ ކުރީގައި އޮތީ ޗައިނާއެވެ. ޗައިނާއިން 240،828 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، ލިސްޓްގެ ދެވަނައިގައި އޮތް ރަޝިޔާއިން ޒިޔާރާތްކޮށްފައި ވަނީ 182،315 ފަތުރުވެރިންނެވެ. ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން، 4 ވަނައިގައި އޮތް އިޓަލީއިން 136،619 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. ދެން އޮތީ ޖަރުމަނެވެ. ޖަރުމަނުން ޒިޔާރާތްކޮށްފައި ވަނީ 104،764 ފަތުރުވެރިންނެވެ.

ރާއްޖެއަށް އަންނަ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައެވެ. . މިގޮތުން %73 ފަތުރުވެރިން ރިސޯޓްތަކަށް ދާއިރު، ދެވަނައަށް އެންމެ ފަތުރުވެރިން ދަނީ ގެސްޓްހައުސްތަކަށެވެ. އެއީ %21.9 ފަތުރުވެރިންނެވެ. %2.6 ފަތުރުވެރިން ދަނީ ހޮޓާތަކަށެވެ.

ރާއްޖޭގައި މިހާރު 174 ރިސޯޓު ހިންގަމުންދާއިރު، 16 ހޮޓެލަކާއި، 906 ފަތުރުވެހިގެ އިތުރުން، 161 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓު ކުރަމުންނެވެ.

މި އަހަރު ސަރުކާރުުގެ އަމާޒަކީ ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: