ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓްތަކުގެ ތަޅުދަނޑި މި ހަފްތާ ތެރޭގައި ހަވާލުކުރަން ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ފްލެޓު ލިބޭ މީހުންނަށް ތަޅުދަނޑި ހަވާލު ކުރުމުގެ މަސައްކަތް މި ހަފްތާ ފެށުމަށް އުއްމީދު ކުރާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.

އެފްޑީސީން ބުނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްޤީ ކުރި 4000 ސޯޝަލް ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކާ ޔުނިޓު ހަވާލުކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެ ކޯޕަރޭޝަނުން ވަމުންދާ ކަމަށެވެ.

މީގެ އިތުރުން، އެފްޑީސީގެ އަމާޒަކީ މި ހަފްތާގެ ނިޔަލަށް ނިމިފައިވާ ޓަވަރުތައް ހަވާލުކުރުމުގެ މަސައްކަތް ފެށުންކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އެފްޑީސީން މައުލޫމާތު ދޭ ގޮތުގައި އެ ކޯޕަރޭޝަނުން ތަރައްޤީކުރި 4000 ހައުސިންގ ޔުނިޓުގެ ސެކުރިޓީ ޑިޕޮސިޓު ދެއްކުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވަނީ ނިމިފައި ހުރި ޓަވަރުތަކަށް އިސްކަންދީގެންނެވެ.

ފްލެޓު ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރަން ފެށީ ޖުލައި 21 ވަނަ ދުވަހުއެވެ. މިނިވަން ދުވަހާ ގުޅިގެން އައި ސަރުކާރު ބަންދު ދުވަސްތަކަށްފަހު، އަލުން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެފްޑީސީން ބުނާގޮތުގައި މި މަސައްކަތް ކުރިއަށްދަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

އެފްޑީސީން އިތުރަށް ހާމަކުރިގޮތުގައި، ދުވާލެއްގެ މައްޗަށް ޕްރޮސެސްކުރެވޭ އެއްބަސްވުންތަކުގެ އަދަދު އިތުރުކޮށް، މި މަސައްކަތް އިތުރަށް ހަލުވިކުރުމަށް މަސައްކަތްތަކެއް ކުރަމުންދެއެވެ. އެގޮތުން މިހާތަނަށް 3000ށް ވުރެ ގިނަ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: