ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު ހުށަހެޅިއިރުވެސް ތަރައްޤީގެ މަޝްރޫއު އޮތީ ވާނުވާ ޖަހާފައި: ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު، އަހްމަދު ޝަމްހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޖެޓު ހުށަހެޅިއިރުވެސް ތަރައްޤީގެ މަޝްރޫއު އޮތީ ”ވާނުވާ ޖަހާފައި“ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު، ޑރ އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

މެމްބަރު އެފަދައިން ވިދާޅުވީ، އާދިއްތަ ދުވަހުގެ ހެނދުނު އެމްޑީޕީން ފިނޭންސް މިނިސްޓްރީގެ ކުރިމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ވާހަކަ ދައްކަވަމުންނެވެ.

މެމްބަރު ވިދާޅުވީ، މާލިއްޔަތާ ގުޅޭ ގިނަ ކަންބޮޑުވުންތައް އެބަހުރި ކަމަށާއި، މަޖިލީހުގައި މާލިއްޔަތު ކޮމިޓީއެއް އުފައްދާފައި ވަނީވެސް މިކަހަލަ ކަންކަމަށް ޖަވާބުދާރީ ކުރުވުމަށް ކަމަށެވެ.

އެހެންނަމަވެސް، އަދި މިއަދާ ހަމައަށް ބަޖެޓު ފާސްކުރި ފަހުން މާލިއްޔަތު ކޮމިޓީއަށް ވަޒީރެއް ހާޒިރު ނުވާކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، ފިނޭންސް މިނިސްޓްރީ ދޮށަށް އެމްޑީޕީން އެއްވާން ޖެހުނީވެސް އެ ސަބަބާހެދި ކަމަށެވެ. އެގޮތުން މަޖިލިސް މެދުވެރިކޮށް ވަޒީރު މަޖިލީހަށް ހާޒިރު ކުރުމަށް އެތައް ސުވާލެއް ފޮނުވާފައިވާނެ ކަމަށާއި، އޭގެ އެއްވެސް ސުވާލަކަށް ޖަވާބެއް ލިބިފައިނުވާކަމަށް މެމްބަރު ވިދާޅުވިއެވެ.

ވަޒީރު ހާޒިރުނުވާތީ އަޅުގަނޑުމެން އިސްނަގައިގެން މަޖިލިސް މެދުވެރިކޮށް ވަޒީރު މަޖިލީހަށް ހާޒިރު ކުރުމަށް އެތައް ސުވާލެއް ފޮނުވައިފިން. މީގެއިން އެއްވެސް ސުވާލަކަށް ޖަވާބެއް ނުދޭ

ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ވައުދުނާމާގައި ނެތް ކަންކަން ފުއްދުމަށްޓަކައި ލާރި ހުންނައިރު، ވައުދުވީ ކަންކަން ފުއްދުމަށް ލާރި ނެތީ ކީއްވެތޯ މެމްބަރުން ވަނީ ސުވާލު އުފައްދަވާފައެވެ.

މެމްބަރުން ވަނީ ރަށްރަށުގައި ކުރިއަށް ގެންދިޔަ މަޝްރޫއުތައް މި ސަރުކާރާއެކު ހުއްޓިފައިވާ ކަމަށާއި، ކޮންޓްރެކްޓަރުންވެސް ތިބީ މާޔޫސްކަމެއްގެ ތެރޭގައި ކަމަށް ވިދާޅުވެފައެވެ. އަދި ކޮންޓްރެކްޓަރުންނަށް ފައިސާ ނުލިބޭ ކަމުގެ ކަންބޮޑުވުން އޮތްކަންވެސް ފާހަގަ ކުރެއްވިއެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އިދިކޮޅު އެމްޑީޕީގެ މެންބަރުން ހުށަހަޅުއްވާ ސުވާލުތަކަށް ޖަވާބު ނުދެއްވާ ކަމަށް ބުނެ، އެ މެންބަރުންގެ އިތުރުން އެމްޑީޕީގެ ސަޕޯޓަރުން ވަނީ ފިނޭންސް މިނިސްޓްރީ ސަރަޙައްދުގައި މުޒާހަރާކޮށްފައެވެ. އަދި މިފަދަ މުޒާހަރާތައް ސިލްސިލާކޮށް ކުރިއަށް ގެންދާނެކަން އެ ޕާޓީން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: