މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ކައުންސިލްތަކަށް އާއްމު ރޭޓުން ބިލްކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
އެ މަނިކުފާނުގެ ޕޯސްޓްގައި، ވިދާޅުވީ މިއީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްޤީ ކުރެއްވުމަށް ކުރައްވާ ކަންކަމުގެ ތެރޭގައި ހިމެނިގެން، ނިންމެވި ނިންމެވުމެއް ކަމަށެވެ. މި ނިންމެވުމުގެ ނަތީޖާއެއްގެ ގޮތުން ރަށްރަށުގެ މުނިސިޕަލް އެހެން ޚިދުމަތްތަކަށް ޚަރަދު ކުރަން ލިބޭ ފައިސާގެ ޢަދަދު އިތުރުވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެކުރިން މަގުބައްތި އާއި ޕާކުތައް އަދި އާންމު މައިދާންތަކުގައި ކަރަންޓަށް ބިލްކުރަމުން އައީ ގަވަމެންޓު ރޭޓުގަ އެވެ. އެ ރޭޓުތައް ފެށެނީ 100 ޔުނިޓަށް 4.50ރ. އިންނެވެ. ޔުނިޓް ބޮޑުވާ ވަރަކަށް ރުފިޔާގެ އަދަދު އިތުރުވެ އެވެ. މި ރޭޓުގައި 600 ޔުނިޓަށް 7.50ރ. ނަގަ އެވެ. ޑޮމެސްޓިކް ރޭޓުތައް ފެށެނީ 100 ޔުނިޓަށް 1.25ރ. އިންނެވެ. މި ރޭޓުން 600 ޔުނިޓަށް ބޮޑުވެގެން އަރަނީ 3.83ރ. އެވެ

