ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ކަންކަން ނުވަނީ ގާނޫނާއި ގަވާއިދުތައް ނެތިގެން ނޫން: ޝިފާޒް

-- ފޮޓޯ/ ދެން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކަންކަން ނުވަނީ ގާނޫނާއި ގަވާއިދުތައް ނެތިގެން ނޫން ކަމަށާއި މިހާރުވެސް ގާނޫނުތަކުގެ ތެރެއިން އެތައް ކަމެއް ހުއްޓުވެން ހުރި ކަމަށް އެމްޑީޕީގެ ކުރީގެ ނަިއބުރައީސް އަހުމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ޝިފާޒް ވިދާޅުވީ މިހާރު އަބުރު ގެއްލޭ ފަދަ ގޮތަކަށް ނުލިޔާ ކަމަށެވެ. އެހެންނަމަވެސް ބައެއް މީޑިއާތައް ހުރި ކަމަށާއި، އެ މީޑިއާތަކަށް ރައްޔިތުން އިހުތިރާމު ނުކުރަނީ އަބުރު ކޮށާތީ ކަމަށް ޝިފާޒް ވިދާޅުވިއެވެ. އެހެންކަމުން އެ މީޑިއާތައް އެކައުންޓަބަލް ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ މީޑިއާތައް އެކައުންޓަބަލް ކުރުވުމަކީ ”އުލުބޭންދުން“ ނޫން ކަމަށެވެ. ޝިފާޒް ވިދާޅުވީ ގާނޫނުތައް ގެންނައުމަށް މަސައްކަތް ކުރުމަށް ތިއްބަވަނީ މަޖިލިސް މެމްބަރުން ކަމަށެވެ.

”ރައްޔަތުންގެ މަޖިލީހަކީ ތަންމިނަށް ވާހަކަދެއްކޭ ތަނެއް. އެކަމަކު އޮވޭ ބުނެފައި އިސްލާމްދީނުގެ އަސްލަކާއި ހިލާފު ނުވާގޮތަށް. އުލުބައިންދަން ބުނީ އިސްލާމް ދީނުގެ އަސްލަކާ އެއްގޮތަށްތޯ؟ އުލުބޭންދުމަކީ މީހަކު މަރާލުން އަސްލު“

ޝިފާޒް ވިދާޅުވީ ޝަރުއީ މަރުހަލާތައް ކަޑަތުނުކޮށް މީހަކު މަރާލުމަށް ނުބުނެވޭނެ ކަމަށެވެ. އެހެންނަމަވެސް އެވާހަކަ ވިދާޅުވެފައިވާ ކަމަށް ޝިފާޒް ވިދާޅުވިއެވެ. ޝިފާޒް ވިދާޅުވީ މިއީ ގާނޫނުތައް ގެންނަން ތިއްބެއްވި މެމްބަރުންގެ ވިސްނުން ހުރި ގޮތް ކަމަށެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: