ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ އެދުމާ އެއްގޮތަށް، ދޮންފަނުގެ ބިން ހިއްކުން ކުރިއަށް ނުގެންދަން ރައީސް ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބ. ދޮންފަނުގެ ބިން ހިއްކައިފި ނަމަ، ހަނިފަރުގެ ސަރަހައްދަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ބެލެވޭތީ އެ މަޝްރޫއު ހުއްޓާލުމަށް ގޮވާލަމުން ދަނިކޮށް، އެ މަޝްރޫއު ހުއްޓާލެއްވުމަށް ސަރުކާރުން ނިންމައިފިއެވެ.

އެކަން ހާމަ ކުރައްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ރަށްރަށުގައި ކުރައްވާނެ ކަންކަމާބެހޭ ވަޢުދު ވެވަޑައިގަންނަވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން ކަމަށެވެ. އަދި ރައްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ އަދި ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށެވެ.

މީގެ އިތުރުން، ބ. ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގަން ވަޢުދުވެވަޑައިގެންފައިވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެ ވަޢުދު ފުއްދުމަށް އެގްރީމެންޓް ގައިވެސް ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދެވިފައިވެއެވެ.

އެހެންނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އެމަނިކުފާނަށް ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެހެން ކަމުން، ރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެކަން ރައީސް ވަނީ ހާމަ ކުރައްވާފައެވެ. އަދި ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީން ކަމާބެހޭ ވުޒާރާއިން އެކަން އަންގާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއު ކުރިއަށް ގެމްދިއުމަށް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރީ ރައީސޫލްޖުމްހުރިއްޔާ މިފަހުން ދޮންފަނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: