ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުން ގަތަރަށް ދިން ހަމަލާއަކީ މިނިވަން ގައުމެއްގެ ސިޔާދަތަށް އަރައިގަތުން: ރައީސް

ރައީސް ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުން ޤަތަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ. މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު އަދި މިނިވަން ޤައުމެއްގެ ސިޔާދަތަށް އަރައިގަތުމުގެ ޢަމަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިފަދަ ފިނޑި ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ސީރިއަސް ޚިލާފުވުމެއް ކަމަށާއި، މިނިވަން ޤައުމެއްގެ ސިޔާދަތާއި ސަރަޙައްދީ ސަލާމަތަށް ކަނޑައެޅިގެން އަރައިގަތުމެއް ކަމަށެވެ.

މި މައްސަލާގައި ދިވެހިރާއްޖެ ޤަތަރާއެކު އެއްބައިވަންތަކަމާއެކު ތިބޭނެކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި އިސްރާއީލުން ބައިނަލްއަޤްވާމީ އުސޫލުތަކާއި މިންގަނޑުތަކާ ޚިލާފަށް ކުރަމުންދާ ގިނަ ޢަމަލުތަކާ ގުޅިގެން ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް އަދި އެކުވެރި ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައިވެއެވެ.

މި ހަމަލާއާ ގުޅިގެން ގިނަ ޤައުމުތަކުން ވަނީ އިސްރާއީލުގެ ޢަމަލު ކުށްވެރިކޮށް، ޤަތަރަށް އެއްބާރުލުން ދޭނެކަން ހާމަކޮށްފައެވެ. އަދި މިފަދަ ޢަމަލުތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން މަސައްކަތް ކުރަމުންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: