ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ބިލަށް ލިބުނު ހިޔާލުތައް ދިރާސާ ކުރުމުގެ ކޮމިޓީ މިއަދުވެސް ސިއްރު!

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާ ރެގިއުލޭޓު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ބުދަ ދުވަހަށް ތާވަލު ކުރި ކޮމިޓީ ބައްދަލުވުންވެސް ސިއްރުކޮށްފިއެވެ.

ބުދަ ދުވަހު ކޮމިޓީ ބައްދަލުވުން ފެށުމަށްފަހު ނިންމީ ކޮމިޓީ ސިއްރު ކުރުމަށެވެ.

އަންގާރަ ދުވަހުވެސް ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާއިރު، މީޑިއާ ބިލުގެ މަސައްކަތާ ގުޅޭ ދިރާސާ ބައި ފެށުމާއެކު ކޮމިޓީ ވަނީ ސިއްރުކޮށްފައެވެ. އެގޮތުން ކޮމިޓީގެ ފުރަތަމަ މަސައްކަތަކަށް އަންގާރަ ދުވަހު ތާވަލުކޮށްފައި އޮތީ އާންމުންގެ ހިޔާލު ހޯދުމުގެ ބިލާއި ގުޅޭ މަޝްވަރާ އެވެ. އެ މަސައްކަތް ކުޑަ ވަގުތުކޮޅަކަށް ގެންދިއުމަށް ފަހު، ބްރޭކެއް ނަގައި ދެން އޮތީ މީޑިއާ ބިލުގެ މަސައްކަތެވެ.

ކޮމިޓީގެ ބައްދަލުވުން ފެށުމާއި އެކު، ބައްދަލުވުން ސިއްރު ކުރުމަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމެވެ. އެގޮތަށް އޭނާ ހުށަހެޅުއްވީ ބިލަށް ހިޔާލު ފޮނުވި މީހުންގެ ޒާތީ މައުލޫމާތު ހުރިކަމަށް ބުނެ އެވެ.

ލައިވްކޮށް ކުރިޔަށްދާ ކޮމިޓީއެއްގައި މީހުންގެ ޒާތީ މައުލޫމާތު އާންމުވުމަކީ މަސްލަހަތު ރަނގަޅު ގޮތެއް ނޫންކަމަށް ނަސީމް ވިދާޅުވި އެވެ. އެހެންވެ އެގޮތަށް ހުށަހަޅައި، ކޮމިޓީގެ މެމްބަރުންގެ މެދުގައި ވޯޓު ނަގައި ފާސްކުރީ އެވެ.

ކޮމިޓި ސިއްރު ކުރިއިރު، ބައެއް ނޫސްވެރިން ވެސް ބައްދަލުވުން ކަވަރ ކުރުމަށް ވަދެ ތިއްބެވެ. އަދި އެ ނޫސްވެރިން ވަނީ ކޮމިޓީ ސިއްރު ކުރުމަށް ނިންމުމުން، އެކަމާއި ދެކޮޅަށް އަޑުއުފުލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: