ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައިނަލްއަޤްވާމީ ފެންވަރުގައި މަސްވެރިކަމުގެ ވިޔަފާރި ހިންގުމަށް ތަޖުރިބާ ހޯދުމަށް ޗައިނާއާއިއެކު މަޝްވަރާތަކެއް!

ޗައިނާގެ މަވެއި އެކުއެޓިކް ޕްރޮޑަކްޓްސް ޓްރޭޑިންގ ސެންޓަރަށް ވަޒީރު ޒިޔާރަތްކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަޤްވާމީ ފެންވަރުގައި މަސްވެރިކަމުގެ ވިޔަފާރި ހިންގުމަށް ތަޖުރިބާ ހޯދުމަށް ޗައިނާއާއިއެކު މަޝްވަރާތަކެއްކޮށްފިއެވެ.

މި މަޝްވަރާތައް ޗައިނާއާއިއެކު ކޮށްފައިވަނީ މިނިސްޓަރު ޝިޔާމް މިވަގުތު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.

އެގޮތުން މަވެއި އެކުއެޓިކް ޕްރޮޑަކްޓްސް ޓްރޭޑިންގ ސެންޓަރަށް ވަޑައިގެންފައިވާއިރު، މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ކަނޑުގެ ކާނާގެ ވިޔަފާރި އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް މިފަދަ މަރުކަޒުތަކުގެ ހިންގުން ދަސްކުރުމާއި، އެކުއަކަލްޗަރ ދާއިރާއަށް ލިބޭނެ ފައިދާތައް ދިރާސާކުރުމެވެ.

މަވެއި އެކުއެޓިކް ޕްރޮޑަކްޓްސް ޓްރޭޑިންގ ސެންޓަރަކީ މަސްވެރިންނާއި، ސަޕްލަޔަރުންނާއި، އަދި ރާއްޖެއާއި ބޭރުގެ ވިޔަފާރިވެރިން ގުޅުވައިދީ، ކަނޑުގެ ތަފާތު ބާވަތްތަކުގެ ދިރުންތަކުގެ އުފެއްދުންތައް ވިއްކުމުގެ މަސައްކަތް ފަސޭހަކޮށްދޭ މުހިންމު މަރުކަޒެކެވެ. މިއީ ޗައިނާގެ އެތެރޭގެ ކަނޑުގެ ކާނާ ބެހުމުގެ މައި މަރުކަޒެވެ.

މި މަރުކަޒުގެ ހިންގުމުގެ ނިޒާމުން ދިވެހިރާއްޖޭގެ ކަނޑުގެ ކާނާގެ ވިޔަފާރި ކުރިއަރުވައި ހަރުދަނާކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ. ޚާއްޞަކޮށް، ރާއްޖޭގެ އެކުއަކަލްޗަރ ދާއިރާ މިހާރު ފުޅާވަމުންދާ ދުވެލީގައި، މިފަދަ މަރުކަޒުތަކުން ލިބޭ ތަޖުރިބާ މުހިންމުވާނެ އެވެ. އަދި މިފަދަ މަރުކަޒުތަކުން ރައްކާތެރިކާނާ ތައްޔާރުކުރަނެ ގޮތާއި މާކެޓު ހޯދުމާއި، ބައިނަލްއަޤްވާމީ ފެންވަރުގެ ވިޔަފާރި ހިންގުމުގެ ތަޖުރިބާ ދަސްކުރުމަށް ރާއްޖެއަށް ފުރުޞަތުތައް ލިބިގެންދާނެއެވެ.

މީގެ އިތުރުން މިނިސްޓަރު ޝިޔާމް ވަނީ މިނިސްޓްރީގެ އިސްވެރިންނާއެކު ޗައިނާގެ ފުޖިއަން މާވެއި ޝިޕްބިލްޑިންގ ކުންފުންޏަށްވެސް ޒިޔާރާތް ކުރައްވާފައެވެ.

މި ޒިޔާރަތުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް އާ ކުރިއެރުންތަކެއް ހޯދައިދިނުމަށް ޗައިނާގެ ބޯޓު ބަނުމުގެ ޞިނާޢަތުގެ ތަޖުރިބާ ހޯއްދެވުމެވެ.

މިނިސްޓަރު ޝިޔާމް ވަނީ މާވެއި ޝިޕްބިލްޑިންގ ކުންފުނީގެ ވަސީލަތްތައް ބައްލަވާލައްވައި، ޗައިނާގެ ބޯޓު ބަނުމުގެ ޞިނާޢަތުގެ ކަންކަމާއި ގުޅޭ މައުލޫމާތު ފުންކޮށް އޮޅުންފިލުއްވާފައެވެ. އޭގެ އިތުރުން، އެމަނިކުފާނު ވަނީ އެ ކުންފުނީގެ މާހިރުންނާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއަށް އެކަށޭނެ ޒަމާނީ އުކުޅުތަކާއި ޓެކްނޮލޮޖީތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޚާއްޞަކޮށް މި މަޝްވަރާތަކުގައި ބޮޑު ސަމާލުކަމެއް ދެވުނީ، ދިވެހި މަސްދޯނިފަހަރުގެ ޑިޒައިނާއި ހަރުދަނާކަން އިތުރުކުރުމަށާއި، ގުޅުންހުރި އެހެނިހެން ޞިނާޢަތްތަކުގައި އައު ގޮތްތައް ތަޢާރަފުކުރުމަށް އެހީތެރިވެދޭނެ ކަންކަމަށެވެ. މިނިސްޓަރ ޝިޔާމްގެ މި ޒިޔާރަތަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތަށް ޒަމާނީ ކުރިއެރުންތަކެއް ގެނެސް، ދިވެހި މަސްވެރިންގެ ދިރިއުޅުމަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: