ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިއާއުގެ މަރު: 2 މަސް ތެރޭގައި ހެކިބަސް ނަގާ ނިންމަނީ

ޝިއާއު މަރާލި ގޭގެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އެޕާޓްމެންޓެއްގައި ރަހުމްކުޑަކޮށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ އަލީ ސާހިލްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. އެގޮތުން މި އަޑުއެހުމުގައި ކުރިއަށް ދިޔަ ކަންކަމުގެ މައުލޫމާތު ކްރިމިނަލް ކޯޓުން ވަނީ މީޑިއާތަކާ ހިއްސާކޮށްފައެވެ.

ކޯޓުގެ އޮފިޝަލް ވިދާޅުވި ގޮތުގައި ބުދަ ދުވަހުގެ އަޑުއެހުމުގައި ދެ ހެއްކެއްގެ ހެކިބަސް ނެގުމަށް ތާވަލު ކުރެވިފައި އޮތެވެ. ނަމަވެސް ހެކިވެރިޔާ ކޯޓަށް ހާޒިރު ނުކުރެވޭތީ މި އަޑުއެހުން ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

އެހެންކަމުން ޝަރީއަތުން ނިންމާފައިވަނީ 14 ވަނަ ދުވަހު ސިއްރު ހެކިންގެ ހެކިބަސް ނަގާއިރު އެ ދެހެކިންގެ ހެކިބަސްވެސް ނެގުމަށެވެ. އެއީ ދައުލަތުން އެގޮތަށް އެދިފައިވާތީއެވެ. މި މައްސަލައާ ގުޅިގެން ދައުލަތުގެ 9 ހެއްކެއްގެ ހެކިބަސް ސިއްރުން ނެގުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، މި މައްސަލައިގައި ބާކީ ތިބި 35 ހެކިންގެ ހެކިބަސް 2 މަސް ތެރޭގައި ނަގައި ނިންމުމަށްވެސް ޝަރީއަތުން ވަނީ ނިންމާފައެވެ. އެގޮތުން 6 އަޑުއެހުމަކަށް ބަހާލައިގެން ހެކިބަސް ނެގުން ކުރިއަށްދާނެއެވެ.

ސާހިލްގެ މައްޗަށް ކޮށްފައިވަނީ ތިން ދައުވާއެކެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ. ސާހިލް ގެ މައްޗަށް ކުރެވޭ ބާކީ ދެ ދައުވާ އާއިލާ އަށް އިހްތިރާމް ކުރުމަށް ކަމަށްބުނެ ޕީޖީއިން ހާމަކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: