ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯގެ ބޯޑަށް މުޒްނާ އައްޔަނުކޮށްފި

އާއިޝަތު މުޒްނާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް އިލެކްޓިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމުގެ މަގާމަށް އާއިޝަތު މުޒްނާ އައްޔަނުކޮށްފިއެވެ.

މުޒްނާ އެ މަޤާމަށް އައްޔަނުކޮށްފައިވަނީ ބޯޑުގައި ކުރިން ހުންނެވި މުހައްމަދު އާމިރު ވަކިކުރުމަށްފަހުއެވެ. އެކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުދަ ދުވަހު ވަނީ އިއުލާނުކޮށްފައެވެ.

އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ޕީސީބީން ބުނީ، ސްޓެލްކޯގެ ބޯޑު މެމްބަރުގެ ގޮތުގައި ހުންނެވި ތ. ތިމަރަފުށި، ބޮޑުގެ، މުހައްމަދު އާމިރު އެ މަގާމުން ވަކިކޮށް، އެ މަގަމާމަށް މއ. ޑޯންޝައިން، އާއިޝަތު މުޒްނާ އައްޔަނުކޮށްފައިވާ ކަމަށެވެ. ބޯޑަށް އައްޔަނު ކުރެވުނު އިރު މުޒްނާ ހުންނެވީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.

މުޒްނާ ސްޓެލްކޯއާ ގުޅިވަޑައިގެންފައިވަނީ 2000 ވަނަ އަހަރު އެވެ. ޑީއެމްޑީގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ 28 ނޮވެމްބަރު 2023 ގަ އެވެ.

ސަރުކާރުގެ އެސްއޯއީތަކުގެ ހިންގުމަށް އެކި ބަދަލުތައް މިފަހުންވެސް ގެނެސްފައިވާއިރު، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ ހުސައިން ޝަމާހު ރަޝީދު ވަނީ ދާދި ފަހުން އައްޔަނުކޮށްފައެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެކި ބަދަލުތައް ގެނައުމުގެ ވާހަކަތައް ދޭތެރެއަކުން ދެކެވޭއިރު، އޭގެ ތެރޭގައި ފަހުމީ އެހެން މަގާމަކަށް ބަދަލު ކުރުން ވެސް ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: