ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަނގަޅު ވެރިިކަމެއް ނުކުރެވޭނަމަ، ގައުމުތަކުގައި ކުރާ މުޒާހަރާތައް އިތުރުވެ ހާލަތު ގޯސްވާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަކުން ރައްޔިތުންނަށް ހެޔޮވެރިކަމެއް ނުކުރާނަމަ، ނޭޕާލްގައި ފެނުނު ފަދަ މަންޒަރުތައް އެހެން ގައުމުތަކުގައި ތަކުރާރުވަމުންދިއުމުގެ ފުރުސަތު ބޮޑުކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދަޅުވެއްޖެ އެވެ.

މިފަހުން ސްރީލަންކާއާއި، ބަންގަލަދޭޝްގައި ވެސް ޒުވާނުންތަކެއް ނިކުމެ ކުރި މުޒާހަރާތަކުގައި ސަރުކާރު ވަނީ ވައްޓާލާފައެވެ. އަދި އަވައްޓެރި ނޭޕާލްގައި ސަރުކާރުގެ ވެރިން ހިންގަމުން ދިޔަ ކޮރަޕްޝަނާއި، އާއިލާއަށް މަންފާ ހޯދައިދިނުމުގެ މައްސަލަތައް ފެންމަތިކޮށް ޒުވާނުންތަކެއް ނިކުމެ ކުރި މުޒާހަރާތަކުގައި އެ ގައުމުގެ ހާލަތު ވެސް ވަނީ ގޯސްވެފައެވެ.

މި ގައުމުތަކޭ އެއްގޮތަށް ރާއްޖޭގައި ވެސް ރައްޔިތުން މަގުތަކަށް ނިކުންނަން ޖެހޭކަމަށް ބުނެ، ބައެއް ފަރާތްތަކުން ދަނީ އަޑުއުފުލަމުންނެވެ.

އެކަމާ ގުޅޭގޮތުން ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވައްކަމާއި ކޮރަޕްޝަން އިތުރުވަމުންދާ މިންވަރަކަށް އޭގެ ގެއްލުންވާނީ އެ ގައުމެއްގެ ރައްޔިތުންނަށް ކަމަށެވެ. އަދި ދަރަނީގެ ހާލަތު ގޯސްވެ، މެނޭޖު ނުކުރެވުމުގެ ސަބަބުން ސަރުކާރެއް ފަހު ސަރުކާރެއް ހަލަބޮލިވަމުން އަންނަކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމުތަކުގައި ދަރަނި ރީ – ސްޓްރަކްޗާ ނުކޮށް ހެޔޮވެރިކަމެއް ނުހޯދައިފި ނަމަ ގައުމުތައް ހަލަބޮލިވާނެކަމަށެވެ. އަދި މިކަމަށް ގައުމުތައް ނުހޭލައިފި ނަމަ އިތުރު ހަމަނުޖެހުންތަކާއި ކުރިމަތިލާން ޖެހޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް، ރައީސް ނަޝީދުގެ ވެރިކަން ވެސް 2012 ގައި ބަދަލުވެގެން ދިޔައީ އޭރު އޮތް އިދިކޮޅު ސިޔާސީ ޕާޓީތަކުން އެމަނިކުފާނުގެ ސަރުކާރާއި ދެކޮޅަށް ކުރި ސިލްސިލާ މުޒާހަރާތަކުގެ ސަބަބުންނެވެ. 2012، ފެބްރުއަރީ 7 ގައި ވެރިރަށް މާލެ ހަލަބޮލިވެ ރައީސް ނަޝީދު އިސްތިއުފާ ދެއްވީ ގައުމުގެ ހަމަޖެހުމަށް ޖާގަ ދެއްވުމަށްކަމަށް ވިދާޅުވެ އެވެ.

މި އެއްވުންތަކުގެ ތެރެއިން އާންމުންނާއި ފުލުހުން، ސިފައިން ދެމެދު ކުރިމަތިލުންތައް ދިޔައެވެ.

އެހެން ނަމަވެސް އޭގެ ފަހުން ރައީސް ނަޝީދު ވިދާޅުވީ އިސްތިއުފާ ދެއްވީ އެކަމަށް މަޖުބޫރު ކުރުވުމުންކަމަށާއި އެއީ ބަޣާވާތެއް ކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން، ވައްޓާލީކަމަށް ބުނެ އެމްޑީޕީން މަގުތަކަށް ނިކުމެ އިހުތިޖާޖު ކުރިއިރު، އެކި ސަރަހައްދުތަކަށް ގެއްލުންދީ ބައެއް ރަށްތަކުގެ ކޯޓާއި ރަށު އޮފީސްތަކުގައި ރޯކުރި އެވެ. އޭގެ ސަބަބުން ލިބުނު ގެއްލުންތަކުގައި، މުހިންމު އަހަރުތަކެއްވެފައިވާ ލިޔެކިއުންތައް ވަނީ ގެއްލިފައެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި، 2012 ގައި ލިބުނު އެކި ގެއްލުންތަކައި މުހިންމު ލިޔެކިއުންތައް ނެތި ދިއުމުން އަދި ވެސް އޭގެއިން އަރައިގަތުމަށް ދަތިވެފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: