ރާއްޖޭގެ ފުޑް ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އެސްޓީއޯއިން ކާޑުގެ އިތުރުން، އެހެން ކާބޯތަކެތީގެ ބާވަތްތަކެއް ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓު މަޝްވަރާއާއި އެކު ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި ނިންމެވުމުގެ ދަށުން، ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ ހިމެނެއެވެ. މީގެ އިތުރުން މުގު، ބިސް އަދި އަލުވި ވެސް ގަނޑުކޮށް އެތެރެކުރެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި ހުރިހާ ބާވަތްތަކެއް އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކުމަށް ކެބިނެޓުގެ މަޝްވަރާއާއި އެކު ނިންމެވީ މިއަދު ކަމަށެވެ.
ތަފްސީލު އަންނަނީ..

