ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރަކު މަޖިލީހަށް ހާޒިރު ކުރުމަކީ އެއިރަކު ހުންނަވާ ރައީސަކު ނުރުހުންވާންޖެހޭ ކަމެއް ނޫން: ޝިފާޒް

އެމްޑީޕީގެ ކުރީގެ ނައިބުރައީސް އަހުމަދު ޝިފާޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ވަޒީރަކު މަޖިލީހަށް ހާޒިރު ކުރުމަކީ އެއިރަކު ހުންނަވާ ރައީސަކު ނުރުހުންވެވަޑައިގަންނަވަން ޖެހޭ ކަމެއް ނޫންކަމަށް އެމްޑީޕީގެ ކުރީގެ ނައިބުރައީސް އަހުމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ޝިފާޒް ވިދާޅުވީ، ރާއްޖެއަށް ގެންނަން ޖެހޭ ގިނަ ބަދަލުތަކެއް އެބަހުރި ކަމަށާއި، މީޑިއާ ރެގިއުލޭޓަރީ ބިލަކަށްވުރެ މުހިއްމު ކަންކަން މިވަގުތުވެސް އެބަހުރި ކަމަށެވެ. އެގޮތުން ދައުލަތުގެ އެއްބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރިވެވޭގޮތަށް ހިންގޭ ނިޒާމެއް ހަރުދަނާ ކުރުމަކީ ފުރަތަމަ ކުރަންޖެހޭ ކަމެއްކަމަށް ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހަކީވެސް ސަރުކާރު ކަމަށާއި، ޖުޑީޝަރީއަކީވެސް ސަރުކާރު ކަމަށެވެ. އެހެންކަމުން މިއީ 3 ބާރު ވަކިވެފައިވާ ނިޒާމެއް ނޫންކަމަށް ޝިފާޒް ވިދާޅުވިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށްވެފައި، ޖުޑީޝަރީއަކީ ސަރުކާރަށްވީމާ 3 ބާރު ވަކިވެފައިވާ ނިޒާމަކަށްވޭހެއްޔޭ ފުރަތަމަ ކަމަކަށް

މީގެ އިތުރުން، އެމްޑީޕީއާއި ޕީއެންސީގެ ވެރިކަމުގައި މަޖިލީހުގައި ހިނގަމުންދާ ކަންކަން މުޅިން ތަފާތުކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އޭރު ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އޭރު ދައުލަތް ހިންގީ ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި ހިންގަން ޖެހޭގޮތަށްކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ، އެމްޑީޕީ މެމްބަރުން އޭރު ސަރުކާރުގެ ވަޒީރުން ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށާއި، ޖަވާބުދާރީ ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށެވެ.

ވަރަށް ގިނަ ފަހަރު ވާގޮތެއް ރައީސުލްޖުމްހޫރިއްޔާއަކަށް އިންނަވާ ބޭފުޅެއްގެ ވަޒީރަކު ގެނައީމާ، ތިމަންނާ ގައިގައި ރުލެއް އެޅުނީކަމަށް ހީވަނީ، ތިމަންނާގެ ވަޒީރެއް ގެނައީމާ ނުރުހެންވީ، ތިމަންނާގެ ވަޒީރަކާ ސުވާލެއް ކޮށްލީމާ ނުރުހެންވީ، ތިމަންނާ ލީ ބިލެއްގައި މި މާއްދާ މިހެން އޮތީމާ ބަދަލުކޮށްލަން ބުނީމާ ނުރުހެންވީ،

ޝިފާޒް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަންނަވަނީ މެނިފެސްޓޯއެއް ވިއްކައިގެން ކަމަށާއި، އެ މެނިފެސްޓޯއާ ޚިލާފުވާނަމަ އެކަމާ ރައްޔިތުން ދެކޮޅު ހަދާނެކަމަށެވެ.

ޝިފާޒް ވަނީ ރާއްޖޭގައި ކަންކަން ނުވަނީ ގާނޫނާއި ގަވާއިދުތައް ނެތިގެން ނޫން ކަމަށާއި މިހާރުވެސް ގާނޫނުތަކުގެ ތެރެއިން އެތައް ކަމެއް ހުއްޓުވެން ހުރިކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: